ތޫފާން އެލެކްސްއާ އެކު އިޓަލީ އަދި ފްރާންސްގައި ފެންބޮޑުވެ ބިންގަނޑުފައިބައިފި

ފްރާންސްގަިއ ފެންބޮޑުވެ ބިންގަނޑު ކަނޑައިގޮސްފައިވާ ސަރަހައްދެއް---

މިހާރު އިޓަލީ އަދި ފްރާންސަށް އަަރައިގެން އުޅޭ ތޫފާން އެލެކްސްއާ އެކު އެ ދެގައުމުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ހިނގައްްޖެ އެވެ.

އެ ތޫފާންގައި ފްރާންސުން އެތައް ބަޔަކު ގެއްލިފައިވާ އިރު އިޓަލީން ދެ މީހަކު ވަނީ މަރުވެފަ އެވެ.

އެ ތޫފާންގައި ފްރާންސްގެ އުތުރުގައި އޮންނަ ނިސޭ ވިލެޖުގެ މަގުތަކާއި ބްރިޖުތަކާއި ގެތައް ވަނީ ހަލާކުވެފަ އެވެ.

އޭގެ އިތުރުން ތޫފާންއެރި އިޓަލީގެ ސެސިއާ ކޯރުގެ ބްރިޖެއް ވެސް ވަނީ ވެއްޓިފަ އެވެ.

މިއީ ފާއިތުވި 10 އަހަރުތެރޭ ވެސް ފްރާންސަށް އައި އެންމެ ވަރުގަދަ ތޫފާނެވެ. ފްރާންސްގެ ބޮޑުވަޒީރު ޖީން ކެސްޓެކްސް މިހާރު ވަނީ ތޫފާން އެރި ސަރަހައްދުތަކަށް ސިފައިން ފޮނުވައި އިމެޖެންސީ ފަންޑެއް ވެސް އެކަމަށް ދޫކުރައްވައިފަ އެވެ.

ފްރާންސްގެ މީޓިއޮރިލިޖިކަލް އޭޖެންސީ އިން ބުނީ ފްރާންސްގެ ބައެއް ހިސާބުތަަކަށް ފާއިތުވި 24 ގަޑިއިރު ތެރޭ 450 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. މިއީ ފާއިތުވި ހަތަރު މަހު ވެރުނު ވާރޭގެ އަދަދާ އެއްވަރުގެ އަދަދެއް ކަމަށް އެ އޭޖެންސީ އިން ބުންޏެވެ.

ތޫފާނުގެ އިޓަލީން މަރުވެފައި ވަނީ އިޓަލީގައި އަލިފާން ނިއްވަން އުޅުނުމީހަކާއި 36 އަހަރުގެ މީހެކެވެ. އަލިފާން ނިއްވަން އުޅުނު މީހާ މަރުވީ މީހުން ސަލާމަތްކުރަން އޮޕަރޭޝަނެއް ހިންގަން އުޅެނިކޮށެވެ. އަދި 36 އަހަރުގެ މީހާ މަރުވީ އޭނާ ދަތުރުކުރަމުން ދިޔަ ކާރު ކޯރަކަށް ވެއްޓުމުންނެވެ.-- ބީބީސީ--

comment ކޮމެންޓް