ގަސްއިންދާ ހިތްވޭތަ؟ އެންޒީގެ "އެންސިސްގްރީން" ގަސްކާނާގެ އަޖުމަ ބަލައިލާ

އެންސިސްއިން ވިއްކާ "އެންސިސްގްރީން" ގަސްކާނާ-- ފޮޓޯ/އެންސިސް

ދިވެހީން މި ދުވަސްވަރު އެންމެ ފޯރިއާއެކު ކުރާ އެއް ކަމަކީ ގަސް އިންދުމެވެ. ގޭގޭގެ ބެލްކަނީތަކުންނާއި ޓެރަހުން އެކި ބާވަތް ބާވަތުގެ، އެކި ސައިޒުތަކުގެ ގަސްތައް ފެންނަ ވަރު މަދެއް ނޫނެވެ. މިކަމަށް ފޯރި ހުންނަ މީހުން އަބަދުވެސް ބަލަނީ ރީތި ޕޮޓުތަކާއި އެންމެ ކޮލެޓީ ގަސްކާނާ ލިބޭތޯ އެވެ.

ގަސްކާނާގެ ވެސް އެކި ބާވަތްތައް ފިހާރަތަކުން ވިއްކަމުންދާއިރު، އިތުބާރު ހިފޭ ގަސްކާނާއެއް ހޯދުމަކީ ވެސް އެހާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް އެންސިސް ފިޝަރީޒްއިން ވިއްކާ "އެންސިސްގްރީން" ގަސްކާނާއަކީ ބޭނުންވާ އެކަހަލަ ހުރިހާ ކޮލެޓީއެއް އެކުލެވިގެންވާ އުފެއްދުމެވެ.

އެންސިސްގްރީންއަކީ 100 ޕަސެންޓު ގުދުރަތީ ގަސްކާނާއެކެވެ. މި ގަސްކާނާ އުފައްދާފައިވަނީ މަހުގެ އުކާލާ ބައިތަކުންނާއި ގަހުގެ ލަކުޑީގެ އަޅި ބޭނުންކޮށްގެންނެވެ.

އެންސިސްގްރީން ގަސްކާނާ ޕެކެޓެއް-- ފޮޓޯ/އެންސިސް

އެންސިސްއިން ބުނާ ގޮތުގައި އެންސިސްގްރީން ގަސްކާނާއަކީ ވެލޫގެ ފާޓިލިޓީ އިތުރުކޮށްދޭ، އަދި ގަހަށް ބޭނުންވާ މުހިންމު ބައިތައް އެކުލެވިގެންވާ ގަސްކާނާއެކެވެ.

އެންސިސްގްރީން ގަސްކާނާގެ އެއްކިލޯގެ ޕެކެޓެއް ވިއްކާ އަގަކީ 25 ރުފިޔާ އެވެ. އެންސިސްގެ މަސް ފިހާރަތަކުންނާއި އޮންލައިން ފިހާރައިން ވެސް މި ގަސްކާނާ ގަންނަން ލިބެން ހުންނާނެ އެވެ.

އެންސިސްގްރީންއަކީ އެންސިސް ފިޝަރީޒްގެ ޒީރޯ ވޭސްޓް ޕޮލިސީގެ ދަށުން އުފައްދައި، މިއަހަރުގެ ޖުލައި މަހު ބާޒާރަށް ނެރުނު އުފެއްދުމެކެވެ.

comment ކޮމެންޓް