ޑާކްރެއިން ޝޯޓްސް: ދައުވަތު ޔޫޓިއުބަށް

ޑާކްރެއިން ޝޯޓްސް އިން ގެނެސްދޭ ފުރަތަމަ ކުރު ފލްމު ދައުވަތު އަންނަ މަހުގައި---

ޑާކްރެއިން ސްޓޫޑިއޯއިން ބެލުންތެރިންނަށް ހާއްސަކޮށްގެން ޔޫޓިއުބް މެދުވެރިކޮށް ނެރޭ ކުރުފިލްމު "ދައުވަތު" ޔޫޓިއުބްގައި ރިލީޒްކޮށްފިއެވެ.

ރާއްޖޭގެ އެންމެ ވަރުގަދަަ، އެންމެ މަޤްްބޫލު ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަޓެއިންމެންޓުން ގެނެސްދިން "ދައުވަތު" ޔޫޓިއުބްގައި ރިލީޒްކުރިއިރު އެ ކުރު ފިލްމަށް އަންނަނީ އާންމުންގެ ތަރުހީބު ލިބެމުންނެވެ. ސަންސްޕެންސްތަކާއި ޓްވިސްޓްތައް ފެނިގެންދިޔަ މި ފިލްމުން ފެނިގެންދާ ތަރިންނަކީ އަހުމަދު ސުނީ އަދި މަރިޔަމް ޝިފާއެވެ. މި ފިލްމު ފީއަކާ ނުލައި އެންމެންނަށްވެސް މިހާރު ބަލާލެވޭނެ އެވެ.

ޑާކްރެއިނުން އަންނަނީ ގިނަ ފިލްމުތަކެއްގެ ޝޫޓިން ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ބޮޑު ކާސްޓަކާއެކު ޝޫޓްކުރާ "ބީވީމާ" ހިމެނެއެވެ. އަދި "ބަޅިނދު"ގެ މަސައްކަތްވެސް އެ ޓީމުން އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް