މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 54 މީހުން

މޭ 12، 2020: މާލޭ މަގެއްގެ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 54 މީހަކު މިއަދު ދެނެގަނެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 30 ދިވެހީންނާއި 24 ބިދޭސީން ކަމަށެވެ. މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ފެނުނު 50 މީހަކާއި އަތޮޅުތެރެއިން ފެނުނު ހަތަރު މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 9,939 އަށް އަރިފައެވެ.

މިއަދު 67 މީހަކު ބަލިން ރަނގަޅުވި އިރު، ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ ވަނީ 8،597 އަށް އަރައިފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 1،301 މީހެކެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 87 މީހަކަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 645 މީހެކެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 34 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް