އަދިޕުރުޝްގެ ބަތަލާ އަކީ އަނުޝްކާއެއް ނޫން

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ---

އެކްޓަރު ސައިފް އަލީ ޚާން އާއި "ބާހުބަލީ" އިން ބޮޑު ކާމިޔާބީއެއް ހޯދި އެކްޓަރު ޕްރަބާސް ލީޑު ރޯލުން ފެނިގެންދާ ފިލްމު "އަދިޕުރުޝް"ގެ ބަތަލާގެ ރޯލު އަނުޝްކާ ޝަރްމާ ނުކުޅޭނެ ކަން ޔަގީންވެއްޖެ އެވެ.

ދާދިފަހުން ބޭރުގެ މީޑީއާތަކުން ވަނީ މި ފިލްމުން އަނުޝްކާ ފެނިގެންދާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ޕިންކްވިލާއިން ބުނިގޮތުގައި އަދިޕުރުޝް އާ ގުޅޭ އެއްވެސް މައުލޫމާތެއް އަނުޝްކާ އާއި ފިލްމުގެ ޓީމުން ހިއްސާކޮށްފައިނުވާކަމަށެވެ. މީގެ ކުރިން ޕިންކްވިލާއިން ބުނީ އޯމް ރައުތުގެ ޑައިރެކްޝަނުން ތައްޔާރުކުރާ މި ފިލްމުގެ އަންހެން ލީޑަށް ޑައިރެކްޓަރު ބޭނުންވަނީ އަނުޝްކާ ކަމަށެވެ.

ދާދިފަހުން އަނުޝްކާ ވަނީ އޭނާއަށް ދަރިއަކު ލިބެން އުޅޭކަމަށް ހާމަކޮށްފަ އެވެ. އޭނާ ވިހާނީ އަންނަ ޖަނަވަރީ މަހެވެ. މިވަގުތު އެއްވެސް ފިލްމެއް ކުޅޭކަށް އޭނާ ގަސްތެއް ނުކުރެ އެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި އަނުޝްކާ ވިހައިގެން ފިލްމީ ދާއިރާއަށް އަލުން ނުކުންނާނީ އޭޕްރިލް މަހުގެ ފަހުކޮޅު އެވެ.

comment ކޮމެންޓް