ގެވެށި އަނިޔާލިބޭ މީހުންނަށް އެހީވުމަށް ފަސް އަމާންހިޔާ

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކުރުވާ ޕޯސްޓަރެއް-- ފޮޓޯ: ޔޫއެންޑީޕީ

ގެވެށި އަނިޔާގެ ޝިކާރައަކަށް ވާމީހުންގެ ދިރިއުޅުން އަނބުރާ ގެނައުމަށް އެހީތެރިވެދިނުމަށް އެފަދަ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ދޭނެ މަރުކަޒުތައް ފަސް ރަށެއްގައި ގާއިމްކުރަން ނިންމައިފިއެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ ގެވެށި އަނިޔާ އްޓުވުމުގެ ގާނޫނުގެ ދަށުން އެފަަ އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި އެފަދަ މީހުން ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ހަދައި، އެ މަރުކަޒުތަކުގެ މިންގަނޑުތަކާއި، ހަމަތަކާއި، އުސޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނިޓަރުކުރުމުގެ މަސައްކަތްތައް ކުރުމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުގެ ގޮތުގައި ފަސް ރަށެއްގައި ހުރި އަމާންހިޔާތައް ކަނޑައަޅާފައި ވެއެވެ. އެއީ ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ތ. ވޭމަންޑޫ، ގދ. ތިނަދޫ އަދި ވިލިމާލޭ އަމާންހިޔާ އެވެ.

ޖެންޑާއިން ބުނީ މި މަރުކަޒުތަކުގައި ހުރި އަމާންހިޔާތަކަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިދުމަތްތައް އެންމެ ފުރިހަމައަށް ދެވޭ ވަސީލަތްތައް ހުރި ތަންތަން ނޫން ކަމަށެވެ. އެ ހިދުމަތްތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާގެ އެހީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކެއާ ޕްރޮޖެކްޓްގެ އެހީގެ ދަށުން މިހާރު ލިބިފައިވާކަމަށް ޖެންޑާ އިން ބުންޏެވެ.

comment ކޮމެންޓް