ލުކަޝެންކޯއަކީ ބެލެރޫސްގެ ރައީސްކަމަށް ބަލައެއް ނުގަންނަން: އީޔޫ

ބެލަރޫސްގައި ކުރިއަށްދާ މުޒާޙަރާތަކުގެ ތެރެއިން--

މިދިޔަ މަހު ބެލަރޫސްގައި ބޭއްވި އިންތިހާބް ކާމިޔާބުކުރެއްވި އެލެކްޒެންޑްރާ ލުކަޝެންކޯއަކީ އެގައުމުގެ ރައީސްކަމަށް ގަބޫލް ނުކުރާނެކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ބުނެފި އެވެ.

އީޔޫގެ ފޮރިން އެފައާޒްގެ އެންމެ އިސް މަންދޫބް ޖޯސެޕް ބޮރެލް އީޔޫގެ ޕާލިމަންޓްގައި ވިދާޅުވީ އިންތިހާބްގައި ލުކަޝެންކޯ މަކަރު ހަދައި އޮޅުވާލައިފައިވާ ކަމަށެވެ.

އިންތިހާބް ލުކަޝެންކޯ ކާމިޔާބުކުރެއްވީ ވޯޓު އޮޅުވާލައިގެންކަމަށް އެތައް ބަޔަކު ވެސް ދަނީ ބުނަމުންނެވެ. އެ މައްސަލާގައި އެގައުމުގެ ރައްޔިތުން މުޒާހަރާތައް ކުރަމުންދާތާ މިހާރު އެތައް ހަފްތާތަކެއް ވަނީވެފަ އެެވެ. އެ އިންތިހާބްގައި ވާދަކުރެއްވި އިދިކޮޅު ލީޑަރު މިހާރު ވަނީ އެގައުމު ދޫކުރައްވައި ވަޑައިގެންފަ އެވެ.

ލުކަޝެންކޯގެ ބެލަރޫސްގެ ވެރިކަން 1994 އިން ފެށިގެން ދަނީ ކުރައްވަމުންނެވެ.

ބޮރެލް ވިދާލުވީ މުޒާހަރާތަކުގައި 7500 އެއްހާ މީހުން ހައްޔަރުކޮށް 500 އެއްހާ މީހުންނަށް ލާއިންސާނި އަނިޔާދިންކަމުގެ ހެކި އެބަހުރި ކަމަށެެވެ.

އެ މައްސަލާގައި އީޔޫއިން މިހާރު މަސައްކަތް ކުރަމުންދަނީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށެވެ. ނަމަވެސް ސައިޕްރަސްއިން އެކަމާ ދަނީ ދެކޮޅު ހަދަމުންނެވެ.

ސައިޕްރަސްއާ ތުރުކީއާ ދެމެދު މިހާރު އުފެދިފައިވާ ގޭސް ވަޅުތައް ހޯދުމުގެ މައްސަލައިގައި، ތުރުކީއާ ދެކޮޅަށް ފުރަތަމަ ފިޔަވަޅު އެޅުމުން ނޫނީ ބެލަރޫސްއާ ދެކޮޅަށް ފިޔަވަޅުއަޅަން ސައިޕްރަސްއިން ދަނީ ދެކޮޅު ހަދަމުންނެވެ.

މުޒާހަރާތަކާ ގުޅިގެން ބެލަރޫސްގެ ރައީސް ވަނީ ގާނޫނު އަސާސީ އިސްލާހުކުރައްވަން ހުށަޙަޅުއްވައިފަ އެވެ. އެކަމަށް ރަޝިއާ އިން މަރުހަބ ކިޔައިފައިވާއިރު އެގައުމުން ވަނީ 1.5 ބިލިއަން ޑޮލަރުގެ ލޯނެއްވެސް ބެލަރޫސްއަށް މިފަހުން ދީފަ އެވެ.-- އަލްޖަޒީރާ--

ގުޅޭ ޓެގު
comment ކޮމެންޓް