ލަކުޑީގެ ވިޔަފާރީގައި ފުންނާބު އުސް އީގޯ ޓިމްބާއިން ތުރުކީގެ ކޮލެޓީ ރަނގަޅު ދަގަނޑު ރާއްޖެއަށް އެތެރެކޮށް ވިއްކަން ފަށައިފި އެވެ.
އީގޯ ޓިމްބާއިން ދަގަނޑު ވިއްކަނީ ރާއްޖޭގެ މާކެޓުން މިވަގުތު ލިބޭނެ އެންމެ ރަނގަޅު އަގުތަކުގަ އެވެ.
އީގޯއިން ވިއްކާ ޑީފޯމް ބާ އެކި ބޯމިންތަކުން ލިބޭނެ އެވެ. އެއީ؛
- 20mm
- 16mm
- 12mm
- 10mm
- 6mm

އީގޯ ޓިމްބާގެ ނަންބަރު 3008787 އަދި 7905050 އަށް ގުޅައިގެން މުދާ އޯޑަރު ކުރެވޭނެ އެވެ. އަދި ގަންނަ މުދަލަށް ނަގުދު ފައިސާގެ އިތުރުން އޮންލައިންކޮށް ފައިސާ ދައްކާލެވޭނެ އެވެ. އެގޮތުން ރަށުގައި ހުރެގެން މުދަލަށް ފައިސާ ޓްރާންސްފާ ކޮށްލުމުން ބޯޓަށް ޑެލިވަރީ ކޮށްދެ އެވެ.
މީގެ ނުވަ ވަރަކަށް އަހަރު ކުރިން ލަކުޑީގެ ވިޔަފާރި ފެށި އީގޯއިން ވަނީ ރާއްޖޭގައި މި ވިޔަފާރީގެ އެންމެ ކުރީ ސަފުގައި ފައިހަމަކޮށްފަ އެވެ.
އީގޯ ޓިމްބާއިން ވިއްކާ ލަކުޑީގެ ބާވަތްތަކުގެ ތެރޭގައި؛
- މިކްސް ހާޑްވުޑް
- ރެޑް މެރަންޓީ
- ކާޕޫރު ޓިމްބާ
- ބަލޯ ލަކުޑި
- އޮރިމަސް ވަކަރު (ޓްރީޓެޑް އަދި އަންޓްރީޓެޑް)
- ހައިވަކަރު ހިމެނެ އެވެ.

ހަމައެހެންމެ އެކި މަސައްކަތް ކުރަން ބޭނުންކުރާ އެކި ވައްތަރުގެ އެންމެ ރަނގަޅު ކޮލެޓީގެ ޕްލައިވުޑް ވެސް އެކި ބޯމިންތަކުން ލިބެން ހުރުމަކީ ކަސްޓަމަރުންނަށް ލިބޭ އިތުރު ފަސޭހައެކެވެ. އީގޯއިން ވިއްކާ ޕްލައިވުޑްގެ ބާވަތްތަކަކީ؛
- މެލޭޝިއަން ޕްލައިވުޑް: 3mm, 4mm, 6mm, 9mm, 12mm 18mm, 25mm
- މެރިން ޕްލައިވުޑް: 6mm,9mm, 12mm, 18mm, 25mm
- ޗައިނާ ޕްލައިވުޑް: 4mm, 6mm,9mm, 12mm, 18mm, 25mm
- ޝަޓަރިންގް ޕްލައިވުޑް (ތަތްގަނޑު ޖަހާ ފިލާ) 12mm, 18mm

މީގެ އިތުރުން އެކި ޑިޒައިންތަކުގެ ކަބަޑު ޖަހާ ފިލާ އަދި އޭގެ އަރިމަތީގައި އަޅާ ޓީކު ވެސް އީގޯއިން ލިބެއެވެ.
ލަކުޑިއާއި ދަގަނޑުގެ ވިޔަފާރީގެ އިތުރުން އިންޖިނިއަރިން ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް އީގޯއަކީ ފާހަގަކޮށްލެވޭ ކުންފުންޏެވެ. އީގޯ އިންޖިނިއަރިންއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ވެލްޑިން، ޕްރީ ފެބްރިކޭޓިން، ސްޓީލް ވޯކް، އިންޖިނިއަރިން ވޯކް، ބިނާ އިމާރާތްކުރުން އަދި ލޭތު މަސައްކަތް ހިމެނެ އެވެ.

އީގޯ ޓިމްބާއިން ދަގަނޑުގެ ވިޔަފާރިއަށް ވަނުމާ އެކު އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް އެކި ތަންތަނުން ހޯދަން ޖެހުމުގެ ބުރައަށް ލުޔެއް ލިބި، ހުރިހާ ސާމާނެއް އެތަނުން ލިބޭނެ އެވެ.