ފަރުވާކުރަމުން ޝަމްޝޭރާގެ މަސައްކަތް ސަންޖޭ ނިންމާލައިފި

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު--

ކެންސަރުޖެހުމާ އެކު ފިލްމީ މަސައްކަތުން ކުޑަ ބުރޭކެއް ނަގަން ނިންމިކަމަށް ބުނި އެކްޓަރު ސަންޖޭ ދަތު "ޝަމްޝޭރާ"ގެ މަސައްކަތް ނިންމާލައިފި އެވެ.

އޭރު ސަންޖޭ ބުނީ ފަރުވާއަށް ވަރަށް އަވަހަށް އެމެރިކާއަށް ފުރާނެކަމަށެވެ. ނަމަވެސް ފަރުވާއަށް އެމެރިކާއަށް ނުގޮސް އޭނާ ވަނީ މުމްބާއީގައި ކީމޯތެރަޕީ ނަގަން ފަށައިފަ އެވެ. ސަންޖޭ ބުނީ އެމެރިކާއަށް ދިޔުމުގެ ކަންތައްތައް ފަސްކޮށްލީ ކޮވިޑުގެ ކަންތައްތައް މާގަދައަށް އޮތުމުން ކަމަށެވެ.

ޝަމްޝޭރާގައި ސަންޖޭ ކުޅޭނީ ނުބައި މީހެއްގެ ރޯލެެވެ. ފިލްމުގެ ޝޫޓިން ސަންޖޭ މިހާރު ފުރިހަމަކޮށްފައިވާއިރު އެ ފިލްމަކީ ޔަޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ ފިލްމެކެވެ. ރަންބީރު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ އޭނާގެ ޑަބަލް ރޯލު ފެނިގެންދާ ފިލްމެއް ކަމަށްވެސް ބައެއް ޚަބަރުތައް ބުނެ އެވެ.

އެކްޝަން/އެޑްވެންޗަރ އެ ފިލްމަކީ ކަރަން މަލްހޯތްރާ ޑައިރެކްޓްކުރާ ފިލްމެކެވެ. މި އަހަރު ޖުލައި މަހު ރިލީޒްކުރަން ނިންމި މި ފިލްމު މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. ފިލްމުގެ ބަތަލާ އަކީ ވާނީ ކަޕޫރެވެ.

comment ކޮމެންޓް