މުލާން ބޮއިކޮޓް ކުރަން ގޮވާލައިފި

ޑިޒްނީގެ އެނިމޭޓެޑް ފިލްމު "މުލާން"ގެ ލައިވް އެކްޝަން ސިނަމާތަކަށް ނެރުމުގެ ބަދަލުގައި ޑިޒްނީގެ ސްޓްރީމިން ސާވިސް "ޑިޒްނީ ޕްލަސް" އަށް ރިލީޒުކުރުމާއެކު އެ ފިލްމު ބޮއިކޮޓް ކުރުމަށް ގޮވާލަން ފަށައިފިއެވެ.

ޑިޒްނީގެ ސްޓްރީމިން ސާވިސް ކަމަށްވާ ޑިޒްނީ ޕްލަސް އަށް ވަނީ މުލާންގެ ލައިވް އެކްޝަން ފިލްމު ރިލީޒްކޮށްފައެވެ. އެއާއެކު އެ ފިލްމު ބޮއިކޮޓް ކުރުމަށްޓަކައި ވަނީ އަލުން ގޮވާލަން ފަށާފައެވެ.

މުލާންގެ ޓްރެއިލާ އާންމުކުރުމާއެކު އެ ފިލްމު ބޮއިކޮޓް ކުރުމަށް ގޮވާލަން ފެށިއެވެ. އެހެންނަމަވެސް ގިނަ ދުވަސްތަކެއް ނުވެ އެ އަޑުތައް މަޑުވުމަށްފަހު އަނެއްކާ ފިލްމު ބޮއިކޮޓް ކުރުމަށް ގޮވަން މިވަނީ ފަށާފައެވެ.

މުލާން ބޮއިކޮޓް ކުރުމަށްޓަކަށް މި ގޮވަނީ އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ލިއު ޔީފެއި ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. ޔީފެއި ވަނީ ހޮން ކޮންގް ގައި މި ފަހުގެ ތާރީހުގައި ހިނގާ ދިޔަ މުޒާހަރާތަކުގައި ފުލުހުންގެ ފަރާތުން ކޮށްފައިވާ އަނިޔާތައް ސަޕޯޓުކުރާ މޭރުމުން ވާހަކަ ދައްކާފައެވެ.

އަދި ހޮންގްކޮންގްގެ ފުލުހުންނަށް ސަޕޯޓުކުރާ ކަމަށް ބުނެ ވާހަކަ ދެއްކުމުން ޔީފެއި އަކީ އަނިޔާވެރިކަމަށް ސަޕޯޓުކުރާ މީހެއް ކަމަށް ބުނެ އެ ފިލްމު ބޮއިކޮޓުކުރަން ވަނީ ގޮވާލާފައެވެ.

ސިނަމާއަށް ނެރުމަށް ހަމަޖެހިފައިވާ މުލާން ވަނީ ޑިޒްނީ ޕްލަސް އަށް ނެރެފައެވެ. އެހެންނަމަވެސް އެ ފިލްމު ބެލުމަށް 30 ޑޮލަރު ހޭދަ ކުރަން ޖެހޭނެއެވެ.

comment ކޮމެންޓް