ކެނެޑާގެ ކުރީގެ ބޮޑުވަޒީރާއި ކޭޓީ ޕެރީގެ ލޯބީގެ ގުޅުން ރަސްމީކޮށްފި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓީ ޕެރީ އަދި ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ--ފޮޓޯ/ދަގާޑިއަން

ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއާއި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީގެ ލޯބީގެ ގުޅުން ރަސްމީކޮށް އެކަން އިއުލާނުކޮށްފިއެވެ.

ކޭޓީ ޕެރީއާއި ޖަސްޓިން ހިތާވެގެން އުޅޭކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ ދެ މީހުންގެ ލޯބީގެ ގުޅުމާ ގުޅޭގޮތުން މީޑިއާތަކުން ވާހަކަދައްކަމުން އަންނަތާ އެތައް މަހެއް ވެފައިވަނިކޮށެވެ.

އުމުރުން 41 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ ދާދި ފަހުން ޓްރޫޑޯއާ އެކު ޖަޕާނަށްކުރި ދަތުރުގެ ތެރޭ ނަގާފައިވާ ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެ ޕޯސްޓުގެ ކެޕްޝަނެއްގެ ގޮތުގައި ކޭޓީ ލިޔެފައިވަނީ 'ޓޯކިޔޯ ޓައިމްސް އޮން ޓުއާ އެންޑް މޯ' މިހެންނެވެ. ޕެރީ ޖަޕާނަށް ކުރި މި ދަތުރަކީ ލަވަކިޔުންތެރިޔާގެ ވޯލްޑް ޓުއާގެ ދަށުން ޝޯތަކެއް ދިނުމަށް ކުރި ދަތުރެކެވެ.

މީގެ ކުރިން ވެސް ޓްރޫޑޯއާއި ކޭޓީ ބޭރު ތެރެއިން އެކީގައި ފެނި މީޑިއާތަކުގެ ސަމާލުކަން ވަނީ ހޯދާފައެވެ. އެގޮތުން، އުމުރުން 53 އަހަރުގެ ޓްރޫޑޯ ވަނީ މި އަހަރުގެ ކުރީކޮޅު ބޭއްވި ޕެރީގެ ކޮންސެޓަކަށް ވެސް ވަޑައިގެންފައެވެ.

ޖަޕާނަށް ކުރެއްވި ދަތުރުގައި ޓްރޫޑޯ ވަނީ އެ ޤައުމުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާއާއި އޭނާގެ އަނބިކަނބަލުން ޔޫކޯއާ ބައްދަލުކުރައްވައި ނަގާފައިވާ ފޮޓޯތަކެއް ވެސް އެކްސްގައި ރީޕޯސްޓް ކުރައްވާފައެވެ.

ޓްރޫޑޯ ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އާއި އަނބިކަނބަލުން ޔޫކޯއާ އެކު--ފޮޓޯ/ޕީޕަލް

ޕެރީ ކުރިން ރައްޓެހިވެގެން އުޅުނީ އިނގިރޭސި އެކްޓަރު އޮލާންޑޯ ބްލޫމްއާއެވެ. ދެ މީހުން 10 ވަރަކަށް އަހަރުވަންދެން އެކީގައި ދިރިއުޅުމަށް ފަހު ވަނީ ވަކިވެފައެވެ.

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ކެނެޑާގެ ބޮޑުވަޒީރުކަން ކުރެއްވި ޖަސްޓިން ޓްރޫޑޯ ވަނީ ކުރިން ކައިވެންޏެއް ކުރައްވާފައެވެ.

ސޯފީ ގްރެގޯއީއާ އެކު ކުރެއްވި ކައިވެނި ރޫޅާލައްވާފައިވަނީ އެކީގައި 18 އަހަރުވަންދެއް އުޅުއްވުމަށް ފަހުއެވެ. އެ ކައިވެންޏަށް ތިން ކުދިން ލިބިފައިވެއެވެ.

comment ކޮމެންޓް