ހޯޑެއްދޫ އަދި ކޮލަމާފުށި ބަނދަރު ހަދަން ހެވީ ފޯސް އަށް

ގދ ހޯޑެެއްދޫ އަދި ގއ ކޮލަމާފުށީ ބަނދަރުގެ މަސައްކަތް ހެވީފޯސް އާއި ހަވާލުކުރުން --

ގދ ހޯޑެެއްދޫ އަދި ގއ ކޮލަމާފުށީ ބަނދަރުގެ މަސައްކަތް ހެވީފޯސް އާއި ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ހެވީ ފޯސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ.

ކޮލަމާފުށި ބަނދަރު މަޝްރޫއުގެ ދަށުން އެރަށުގައި 548 މީޓަރުގެ ބޭރުތޮށިލައި، 550 މީޓަރުގެ އެއްގަމު ތޮށި ލާނެއެވެ. މީގެ އިތުރުން ހަތަރު ނެރުބައްތި ބަހައްޓައި، 28 ބަނދަރު ބައްތި ހަރުކުރާނެއެވެ. މީގެ އިތުރުން 66،330 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނަދަރު ފުންކުރުމާއި 5،750 ކިޔުބިކް މީޓަރު ގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. އަދި 404 މީޓަރުގެ ސަރަހައްދެއްގައި ރިވެޓުމެންޓު ޖަހައި 2،750 ސްކޮޔާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ގާއިމް ކުރާނެއެވެ.

ހޯޑެއްދޫ ބަނދަރު މަޝްރޫއުގެ ދަށުން އެ ރަށުގައި 1،485 މީޓަރުގެ ބޭރުތޮށިލައި، 310 މީޓަރުގެ އެއްގަމު ތޮށި ލާނެއެވެ. މީގެ އިތުރުން ހަތަރު ނެރުބައްތި ބަހައްޓައި، 50 ބަނދަރު ބައްތި ހަރުކުރާނެއެވެ. މީގެ އިތުރުން 71،590 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނަދަރު ފުންކުރުމާއި 2،250 ކިޔުބިކް މީޓަރު ގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. އަދި 652 މީޓަރުގެ ސަރަހައްދެއްގައި ރިވެޓުމެންޓު ޖަހައި 1،550 ސްކޮޔާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ގާއިމް ކުރާނެއެވެ.

މި ދެ މަޝްރޫއު ކުރިއަށް ގެންދަނީ އޮފިޑް ފަންޑުގެ 77 ޕަސެންޓު އެހީގައި އަދި ދިވެހި ސަރުކާރުގެ ބަޖެޓުން 23 ޕަސެންޓު ހަރަދު ކުރާ ގޮތަށެވެ. މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައެވެ.

ކޮންޓްރެކްޓުގެ އަގަކީ 112.8 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް