ރާއްޖޭގެ ނޮވެމްބަރު 3ގެ "އޮޕަރޭޝަން ކެކްޓަސް"ގެ ފިލްމުގައި ޝާހިދު ކަޕޫރު

ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރު---

ނަވާރަސަތޭކަ އަށްޑިހަ އަށްވަނަ އަހަރު ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖޭގައި ދިން ޓެރަރިސްޓް ހަމާލާގައި އިންޑިއާ އިން ރާއްޖެ އަށް އެހީވާން ހިންގި "އޮޕަރޭޝަން ކެކްޓަސް" އަށް ބިނާކޮށް ހަދާ ފިލްމަކަށް ޝާހިދު ކަޕޫރް ސޮއިކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓާލަން 1988 ދިން ޓެރަރިސްޓް ހަމަލާގައި އިންޑިއާއިން ރާއްޖެއަށް އެހީވާން ހިންގި "އޮޕަރޭޝަން ކެކްޓަސް" އަށް ބިނާކޮށް އިންޑިއާއިން ފިލްމެއް އުފައްދަން ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނިނަމަވެސް މި ފިލްމު އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ. ޚަބަރުތައް ބުނާގޮތުގައި މި ފިލްމު ކުޅުމަށް ޝާހިދު ކަޕޫރު މިހާރު ސޮއިކޮށްފައިވާއިރު ފިލްމުގެ މަންޒަރުތައް ޝޫޓްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުކަމަށެވެ.

ނެޓްފްލިކްސް އާއި ފޮކްސް ސްޓާ ސްޓޫޑިއޯސް އިން ގުޅިގެން އުފައްދާ މި ފިލްމު ރިލީޒްކުރާނީ ވެސް ނެޓްފްލިކްސްގަ އެވެ. އެކްޝަން ތުރިލާ ޖޯންރާއަށް ބިނާކޮށް ތައްޔާރުކުރާ މި ފިލްމުގައި އެކްޓަރު ޝާހިދު ކުޅޭނީ އޮޕަރޭޝަން ކެކްޓަސްގައި އިސްކޮށް ހުރި ކޮމާންޑަރެއް ކަމަށްވާ ބްރިގޭޑިއާ ފާރޫގް ބަލްސާރާގެ ރޯލެވެ.

އަދިތިޔާ ނިމްބާލްކަރު ޑައިރެކްޓްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ވެސް މިހާރު ވަނީ ފައިނަލްކޮށް ނިމިފައެވެ. ފިލްމު ރަސްމީކޮށް އިއުލާނުކުރާނީ އަންނަ ނޮވެމްބަރު މަހު ކަމަށް ހަބަރުތައް ބުނެ އެވެ.

comment ކޮމެންޓް