ކެމްބޯޑިއާގެ ގަތުލު އާންމުގައި އިސްކޮށް އުޅުނު ކޮމާންޑަރު މަރުވެއްޖެ

ކެމްބޯޑިއާގެ ގަތުލު އާންމުގައި އިސްކޮށް އުޅުނު ކޮމާންޑަރު ކައިންގް--

ކެމްބޯޑިއާގެ ގަތުލު އާންމުގައި އިސްކޮށް އުޅުނު ޖަލުގެ ކޮމާންޑަރެއް ކަމަށްވާ ކައިންގް ގުއެކް އިއޭވް މަރުވެއްޖެ އެވެ.

އުމުރުން ދުވަހުގެ ޖަލުގެ ހުކުމެއްގައި ހުރި ކައިންގް މަރުވީ އުމުރުން 77 އަހަރުގަ އެވެ.

އޭނާ މަރުވި ސަބަބެއް ނޭގެ އެވެ.

އޭނާ މަޝްހޫރުވެފައި ވަނީ ކެމްބޯޑިއާގައި ކޮމިއޮނިސްޓުން ވެރިކަން ކުރި އިރު ޓުއަލް ސްލޮންގް ޖަލުގައި މީހުން މެރުމުގައި އިސްކޮށް އުޅުނު ކޮމާންޑަރެއްގެ ގޮތުގަ އެވެ. އަދި އެ ޖަލުގައި އޭނާ ވަނީ މީހުންނަށް އެކި ކަހަލަ އަނިޔާތައް ދީގެން މީހުން މެރިކަމަށް އެއްބަސްވެފަ އެވެ.

ކެމްބޯޑިއާގައި 1975 އިން 1979 އަކަށް ކޮމިއިނިސްޓް ޕާޓީން ވެރިކަންކުރިއިރު އެގައުމުގައި 1.7 މިލއަން މީހުން ވަނީ މަރާލައިފަ އެވެ.

ނަވާރަ ސަތޭކަ ހަތްދިހަ ނުވަވަނަ އަހަރު އޭރު ވެރިކަންކުރަމުން އައި ކޮމިއުނިސްޓް ޕާޓީގެ ވެރިކަން ވެއްޓުމުން ކައިންގް ވަނީ ފިލައިފަ އެވެ.

ނަމަވެސް ކެމްބޯޑިއާ އާއި ތައިލެންޑްގާ ގުޅޭ އަވަށްގަނޑެއްގައި އުޅެނިކޮށް އިނގިރޭސިވިލާތުގެ ފޮޓޯގްރާފަރަކަށް 1999 ވަނަ އަހަރު ފެނިގެން ރިޕޯޓްކުރުމާ އެކު ކައިންގް ހައްޔަރުކުރި އެވެ.

އދ. އިން ގާއިމްކުރި ޓްރައބިއުނަލް ކޯޓަކުން އޭނާގެ މައްސަލަ ބަަލައި 2010 ވަނަ އަހަރު ވަނީ އުމުރު ދުވަހުގެ ޖަލުގެ ހުކުމެއް އިއްވައިފަ އެވެ.

ކައިންގްގެ މައްސަލަ ބެލި އިންޓަނޭޝަނަލް ކޯ ޕްރޮސިކިއުޓާ ޝަރީއަތުގައި ބުނީ އޭނާ ކޮށްފައިވާ ކުށްތަކަކީ ފަހުގެ ތާރީހުގައި ވެސް އެންމެ އަނިޔާވެރި އަމަލުތައް ކަމަށެވެެ.

ކައިންގް ވަނީ އޭނާގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވީ މީހުންގެ ކިބައިން ފަހުން މާފަށް ވެސް އެދިފަ އެވެ. އޭނާ ފަހުން ވަނީ ކްރިސްޓިއަން ދީނަށް ވެސް ވަދެފަ އެވެ.-- އަލްޖަޒީރާ

comment ކޮމެންޓް