ރަސްމާދޫ ބަނދަރު މަސައްކަތް ފަށައިފި

ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އެމްޓީސީސީ އިން ކުރިއަށްގެންދާ މި މަޝްރޫއު މޮބިލައިޒް ކޮށްފައި ވަނީ ޖުލައި 26 ވަނަ ދުވަހު އެވެ.

އެ މަޝްރޫއުގެ ދަށުން 9000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 600 ސްކޮއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރުން ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މިއީ 21.97 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

ރަސްމާދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އާހަވާލުކޮށްފައިވަނީ 10 ޑިސެމްބަރ 2019 ގަ އެވެ.

comment ކޮމެންޓް