ބޭރުވި ތެލާއެކު މޮރިޝަސްގެ ކަނޑު ތަޣައްޔަރުވެ މަރުވެފައިވާ ކޯމަސްތައް ލައްގަނީ

މޮރީޝަސްގެ ގޮނޑުދޮށަށް ލެއްގި ކޯމަސް--

ދާދި ފަހުން މޮރިޝަސްގެ ފަރަށް އެރި ބޯޓުން ބޭރުވި ތެލާއެކު ކަނޑު ތަޣައްޔަރުވު މަރުވެފައިވާ ކޯމަސްތައް އެގައުމުގެ ގޮނޑުދޮށަށް ލައްގަން ފަށައިފި އެވެ.

އެގޮތުން މިހާތަނަށް 14 ކޯމަސް ވަނީ ލައްގައިފަ އެވެ.

ތިމާވެށީގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ގްރީންޕީސްގެ އެފްރިކާގެ ސީނިއާ ކްލައިމެޓް އެންޑް އެނާޖީ ކެމްޕެއިން މެެނޭޖަރު ވަނީ އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި މަރުވި ކޯމަސްތަކުގެ އޮޓޮޕްސީތައް ހަދައި އެކަން އަވަހަށް ތަހުގީގްކުރަން ވަނީ ގޮވާލައްވައިފަ އެވެ.

ތިމާވެށީގެ ކޮންސަލްޓެންޓެއް ކަމަށްވާ ސުނިލް ދޮވަރުކަސިންގް ވިދާޅުވީ މޫދުގެ ތިލަ ހިސާބުތަކުން ފެނުނު ކޯމަސްތައްވެސް ވަރަށް ބަލި ކަމަށެވެ.

ހަތަރު ހާސް ޓަނުގެ ތެޔޮ ބަރުކޮށްގެން ދަތުރުކުރި އެ ބޯޓު ފަރަށް އެރީ މިދިޔަ މަހު 25 ގަ އެވެ. އަދި މިމަހުގެ ހަ ވަނަ ދުވަހު ބޯޓުން ވަނީ 1000 އަށްވުރެ ގިނަ ޓަނުގެ ތެޔޮ ލީކްވެފަ އެވެ.

ތެޔޮ ލީކްވުމުން މޮރިޝަސްގެ ހިމާޔަތްކޮށްފައިވާ މެރިން ޕާކުގައި ހިމެނޭ ކުޅިތަކާއި ނެތިވެގޮސްދާނެކަމަސް ބެލެވޭ "ސްޕީޝާސް" ތަކަށް ގެއްލުން ލިބިދާނެކަމުގެ ބިރު ވަނީ ވަރަށް ބޮޑެވަފަ އެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން މޮރިޝަސްގެ ފަތުރުވެރިކަމުގެ ދާއިރާ ހުއްޓިފައިވާއިރު ތެޔޮ ލީކްވުމުގެ ސަބަބުން ގުދުރަތީ ވެއްޓަށް ބޮޑެތި ގެއްލުންތައް ލިބި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހީނަރުވެގެންދާނެކަމަށް ވަނީ ބެލެވިފަ އެވެ. ބޯޓު ފަރަށް އެރި މައްސަލައިގައި އެ ބޯޓުގެ ކެޕްޓަންވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. -- ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް