ސަންޖޭ އެމެރިކާއަށް ދާން ތައްޔާރުވަނީ، ވިސާ ފަސް އަަހަރަށް

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު--

ފުއްޕާމޭ ކެންސަރުޖެހުނުކަން ދާދިފަހުން ކަށަވަރުވި ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތު 61، އަވަސް މުސްތަގްބަލެއްގައި ފަރުވާއަށް އެމެރިކާއަށް ދިޔުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސަންޖޭ އެމެރިކާއަށް ދިޔުމަށް ތައްޔާރުވާއިރު މިހާރު އޭނާ އަންނަނީ އެ ދަތުރުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ސަންޖޭ މިހާރު ވަނީ ފަސް އަހަރުގެ ވިސާ ވެސް ހޯދާފަ އެވެ. އަންނަ މަސްތެރޭ ސަންޖޭ އޭނާގެ ފަރުވާއަށް ފުރާއިރު އޭނާއާއެކު އޭނާގެ އަނބިމީހާ އާއި ދެތަރިންގެ އިތުރުން ސަންޖޭގެ ކޮއްކޮ ވެސް އެމެރިކާއަށް ދާނެ އެވެ.

ފުއްޕާމޭ ކެންސަރުޖެހި ހަތަރު ވަނަ ސްޓޭޖުގައި ސަންޖޭ ހުރިއިރު މުމްބާއީގެ ކޮކިލާބިން ހޮސްޕިޓަލްގައި އޭނާ ވަނީ ކީމޯތެރަޕީގެ ފަށާފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ސަންޖޭ އެމެރިކާއަށް ގޮސް ކެންސަރު ބައްޔަށް ފަރުވާ ހޯދާނީ ނިއުޔޯކްގެ މެމޯރިއަލް ސްލޯން ކިޓެރިން ކެންސަ ސެންޓަރުން އެވެ. އެ ސެންޓަރަކީ ސަންޖޭގެ މަންމަ، ކުރީގެ ފިލްމީތަރި ނަރުގިސް ވެސް ފަރުވާ ހޯދި ތަނެވެ. ނަރުގިސް ވެސް މަރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

comment ކޮމެންޓް