ނިލަންދޫ އިން ދެ މީހަކު ޕޮޒިޓިވްވެ، އެރަށަށް އަރާ ފޭބުން ވަގުތީގޮތުން މަނާކޮށްފި

ފ. ނިލަންދޫ: އެރަށަށް އަރާ ފޭބުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައި ---

ފ. ނިލަންދޫ އިން ދެމީހަކު ޕޮޒިޓިވްވެ، ރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، ޕޮޒިވްވެފައި ވަނީ ކަރަންޓީންގައި ހުރި ދެމީހުން ކަމަށެވެ.

ޕޮޒިޓިވްވެފައި ވަނީ 43 އަހަރު އަދި 30 އަހަރުގެ ދިވެހިން ފިރިހެނުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި، އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށްޓަކައި މިހާރު ރަށް މޮނީޓަރިންގެ ހާލަތައް ވަނީ ގެނެސްފައެވެ.

މިހާތަނަށް ރާއްޖެއިން 5،400އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، 2،920 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 22 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. މިހާރު ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 2،553 އެވެ.

comment ކޮމެންޓް