އިސްރާފުކުރުން ހުއްޓުވަން ޗައިނާގައި "ކްލީން ޕްލޭޓް"ގެ ނަމުގައި ބޮޑު ކެމްޕޭނެއް ފައްޓައިފި

ކާބޯތަކެތި އިސްރާފުކުރުން ހުއްޓުވަން ޗައިނާއިން "ކްލީން ޕްލޭޓް"ގެ ނަމުގައި ބޮޑު ކެމްޕޭނެއް ފަށައިފި އެވެ.

ޗައިނާގެ ރައީޝް ޝީ ޖިން ޕީ ވިދާޅުވީ އެގައުމުގައި ކާބޯތަކެތި އިސްރާފުކުރާވަރަކީ ހައިރާންވާވާރުގެ ކަމެއް ކަމަށެވެ. އަދި ކޮވިޑް ފަދަ ބޮޑު ވަބާއެއްގެ ތެރޭގައި "ފުޑް ސެކިއުރިޓީ" އާ ދޭތެރޭ ވިސްނަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝީ އެފަދައިން ވިދާޅުވިއިރު ޗައިނާގެ ދެކުނު ސަރަހައްދުގައި ފެން ބޮޑުވެ ވަނީ ދަނޑުތަކަށް ވަރަށް ބޮޑަށް ގެއްލުންތައް ލިބިފަ އެވެ.

ޝީގެ ވާހަކަތަކާ ގުޅިގެން ޗައިނާގެ ވޫހާންގެ ކޭޓަރިން އެސޯސިއޭޝަނުން ވަނީ ރެސްޓޯރެންޓްތަކުން ކާތަކެތި އޯޑަރުކުރުމުގައި ލިމިޓްކުރުމަށް އެދިފަ އެވެ. އެގޮތުން 10 މީހުންގެ ގްރޫޫޕަކަށް އެއްޗެއް އޯޑަރުކުރާއިރު ގިނަވެގެން ދެން އޯޑަރުކުރެވޭނީ ނުވަ ތަށީގެ ކާތަކެއްޗެވެ.

ނަމަވެސް ޗައިނާގައި ކާތެކެއްޗަށް އޯޑަރު ކުރާއިރު ގިނަ އަދަދެއްގެ ތަކެތި އޯޑަރުކުރުމަކީ އާންމު ކަމަކަށް ވާތީ އެ އުސޫލު ވައިގައި ހިފަން ދުވަސް ނަގާނެކަމަށް ވަނީ ބެލެވިފަ އެވެ.

ސޯޝަލް މީޑިއާގައި ކޮމެންޓް ކުރި ބައެއް މީހުން ވަނީ އެ އުސޫލު މާ ހަރުކަށި ކަމަށް ވެސް ބުނެފަ އެވެ.

ޗައިނާގެ ދައުލަތުގެ ޓީވީ "ސީސީޓީވީ" އިން ވަނީ އެގައުމުގައި އޮންލައިންކޮށް ސްޓްރީމްކޮށްގެން ބާއްވާ "މުކްބަންގް" ޝޯތަކުގައި ހޯސްޓުން "ހެސްކިޔާފަ"ކައި ހޮޑުލައިހަދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ޗައިނާގެ ޑަބްލިއުޑަބްލިއުއެފް އިން ބުނީ 2015 ވަނަ އަހަރު ޗައިނާގައި ދުވާލަކު 17 އާއި 18 މިލިއަން ޓަނުގެ ކާބޯތަކެތި އުކާލާ ހަދާ ކަމަށެވެ.-- ބީބީސީ--

comment ކޮމެންޓް