ދެކެން ބޭނުމީ ޓޫރިޒަމްގެ މަތީ ވަޒީފާތަކުގައި ދިވެހިން ތިބޭނެ ދުވަހެއް: މިނިސްޓަރު

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް -- ސަން ފޮޓޯ

ރާއްޖޭގެ ފަތުރުވެރިކަމުގެ މަތީފަޑީގެ ވަޒީފާތަކުގައި ދިވެހިން ތިބޭނެ ދުވަހެއް ދެކެން ބޭނުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގެން ބައިވެރިވެލެއްވި ފުރަތަމަ ޕަބްލިކް އިވެންޓުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މިއަދު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ޓޫރިޒަމްގެ މައްޗަށް ބިނާވެފައިވާއިރު، އެ ދާއިރާ އިން މީހުން ބިނާ ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ކްލިކް ކޮލެޖުން ކޮންފެޑަރޭޝަން އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ (ޔޫކޭ) ޕްރޮގްރާމު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރު މިއަދު ވިދާޅުވީ މި ޕްރޮގްރާމު އިފްތިތާހު ކުރުމަކީ އެ ދާއިރާއިން މީހުން ބިނާ ކުރުމަށް ހުޅުވުނު އިތުރު ދޮރެއް ކަމަށެވެ.

"ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ނަން ހިނގާ މަޝްހޫރު ޕްރޮގްރާމެއް ހިންގަން ފެށުމަކީ ޔަގީނުންވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވއެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިހާރު އޮތް ހިސާބަށް ގެނައުމަށް މަސައްކަތް ކުރިއިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި ޒުވާނުންނަށް ދާއިރާގެ މަތީފަންތީގެ ވަޒީފާތައް އަދާކުރުމަށް ބޭނުންވާ ތަމްތީނާއި ތައުލީމު ހޯދުމުގެ ފަސޭހަތައް ނެތުން ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަދު މިއަދު ހުޅުވުނު ފުރުސަތުންވެސް އެކަންތައް ފުރިހަމަވެގެންދާނެ. އަޅުގަނޑު ޔަގީން ކުރަނީ ފަތުރުވެރިކަމުގެ ތެރޭގައި ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ ދިވެހި ޒުވާން މުރާލި ކުދިންނަށް މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވެގެން އަސްލު ފަތުރުވެރިކަމުގެ މަސައްކަތުގެ އެންމެ މުހިއްމު ފައިދާ ލިބޭނެ މަގުތައް ކަށަވަރު ކުރެވޭނެ ކަމަށް،" ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

ދިވެހިންނަކީ ހީވާގި ތޫނުފިލި އަދި ފަސޭހަ ކަމާއެކު ހުނަރައި ތައުލީމު ހޯދާ ބަޔެއް ކަމަށާއި މުސްތަގުބަލުގައި ރިސޯޓުތަކުގެ މެނޭޖަރުންނަށާއި ސުޕަވައިޒަރުންނަށް ދިވެހިން ހަރަކާތްތެރިވާތަން މުސްތަގުބަލުގައި ފެންނަ މިންވަރު އިތުރުވެގެން ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފަތުުރުވެރިކަމުގެ ދާއިރާ އިން ތަމްރީނާއި ތަޖުރިބާ ހޯދުމުގައި ހޮޓާތަކާއި ރިސޯތުތަކުގެ އެއްބާރުލުން ބޭނުންވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލްއަގުވމީ ގޮތުން ފާހަގަކޮށްލެވޭ ކޮލިފިކޭޝަނެއް ލިިބުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާޢި މިއަދު އިފްތިތާހު ކުރެވުނު ޕްރިގްރމަކީ މި ދާއިރާއިން މަތީ ތައުލީމު ހޯދުމަށް ޔުނިވާސިޓީތަކުން ޖާގަ ހޯދުމަށްވެސް ފަސޭހަވާނެ ޕްރޮގްރާމެއް ކަމަސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް