ރާޖް ގެނެސްދޭ ފިލްމުގެ ލީޑު ތަރިންނަކީ ކިއާރާ އާއި ވަރުން

ކިއާރާ އަދުވާނީ އާއި ވަރުން ދަވަން--

މިދިޔަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ގުޑް ނިއުޒް" ޑައިރެކްޓްކުރި ރާޖް މެހެތާގެ ކުރިއަށް އޮތް ފިލްމުގައި ހަރަކާތްތެރިވާނެ ތަރިންނަށް ކިއާރާ އަދުވާނީ އާއި ވަރުން ދަވަން ހަމަޖައްސައިފި އެވެ.

ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް ތަރި ވަރުން އާއި ކިއާރާ ފެނިގެންދާ މި ފިލްމަށް އެދެތަރިން މިހާރު ވަނީ ސޮއިކޮށްފަ އެވެ. ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދިން ފިލްމު ކަލަންކްގައި ކިއާރާ އާއި ވަރުންގެ ފެނިލުމެއް ފެނިގެންދިޔައިރު ރާޖް މެހެތާ ގެނެސްދޭ ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ވަރުންއާ އެކު ފިލްމެއް ކުޅެން ކިއާރާ އަށް މީގެ ކުރިން ވަނީ ފުރުސަތު ލިބިފަ އެވެ. އެއީ "މިސްޓަ ލޭލޭ" އެވެ. ނަމަވެސް ކިއާރާ ވަނީ އެހެން ފިލްމެއްގެ މަސައްކަތެއްގައި އުޅެން ޖެހުމުން އެ ފިލްމު ދޫކޮށްލާފަ އެވެ.

އެކްޓަރު ވަރުން ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެންދާނީ ޑޭވިޑް ދަވަންގެ "ކޫލީ ނަމްބަރު-1" އިންނެވެ. ބަތަލާ ކިއާރާގެ ކުރިއަށް ހުރި ފިލްމު ތަކުގެ ތެރޭގައި "ބޫލް ބުލައްޔާ-2"، "ލަކްޝްމީ ބޮމް"، "އިންދޫ ކީ ޖަވާނީ" އަދި "ރޯމިއޯ" ހިމެނެ އެވެ.

comment ކޮމެންޓް