ނެއްލައިދޫ ބަނދަރު މަސައްކަތުގެ ބޮޑުބަޔެއް ނިމިއްޖެ

ނެއްލައިދީ ބަނދަރު މަޝްރޫއު ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ

ހދ. ނެއްލައިދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ ބޮޑުބަޔެއް ނިމިއްޖެ އެވެ.

އެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީ އިން ބުނީ ނެއްލައިދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ 30 ޕަސެންޓް ނިމިފައިވާ ކަމަށާއި ބަނދަރު ފުން ކުރުމުގެ 45 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމާއި 10،294 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރުމާއި، 164 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ.

މީގެ އިތުރުން 224 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި ގްރޯންސް ޖެހުމުގެ މަސައްކަތް އަދި 2،102 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވވެސް މި ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާނެ އެވެ.

ނެއްލައިދޫ ބަނދަރު މަޝްރޫއަށް 447.6 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019ގަ އެވެ.

comment ކޮމެންޓް