ނިއުމާގެ "ކަޅަކި"ގެ ޑަބިން ނިމެނީ

ފިލްމުގެ ޕޯސްޓަރެއް---

ދިވެހި ފިލްމު އިންޑަސްޓްރީގެ ރާނީ ނިއުމާ މުހައްމަދާއި އޭނާގެ ދަރިފުޅު ޒޯޔާގެ ނަމުގައި ހަދާފައިވާ ކުންފުނި ނިއުޒޯ ފިލްމްސްއިން ގެނެސްދޭ ފިލްމު "ކަޅަކި" ގެ ޑަބިން ގެ މަސައްކަތް ނިމުމަކާ ހިސާބަށް ގޮއްސިކަމަށް އޭނާ ބުނެފިއެވެ.

މިއަހަރު ރިލީޒްކުރަން ނިންމި ފިލްމު "ކަޅަކި" އާ ގުޅޭގޮތުން ނިއުމާ ބުނީ މި އަހަރު މި ފިލްމު އެޅުވޭނެހެން ހީނުވާކަމަށެވެ. ކޮވިޑް އާއި ގުޅިގެން މި ވަގުތަށް ފިލްމުގެ މަސައްކަތް ވަނީ ހުއްޓާލާފަފައެވެ. ފިލްމުގެ ޝޫޓިން މިހާރު އެއްކޮށް ނިންމާލައިފައިވާއިރު މި ފިލްމުގެ ޓީޒާއެއް ވެސް މީގެ ކުރިން އާންމުންނަށް ވަނީ ދައްކާލާފައެވެ.

އެ ފިލްމަކީ ލަންކާގައި ޝޫޓްކޮށް ނިންމާލި ފިލްމެކެވެ. ފިލްމުގެ ޓީޒާއިން ބިރުވެރި މަންޒަރުތަކެއް ފެނިގެންދިޔައިރު މި ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ.

އެ ފިލްމަކީ ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، އައިމިނަތު ރިޝްފާ، މުހައްމަދު މަނިކް، ޔޫސުފް ޝަފީއުގެ އިތުރުން އާ ތަރިން ކަމަށްވާ ލަހޫ އާއި ވާޝިޔާ ހިމެނެ އެވެ.

comment ކޮމެންޓް