ރަކީދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ވ. ރަކީދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް މިއަދު ފެށައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 18.5 މިލިއަން ރުފިޔާއެވެ.

އެ މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 74 މީޓަރުގެ ސަރަހައްދެއްޖައި ރިވެޓްމަންޓް ޖެހުން ހިމެނޭ. ކަމަށެވެ.

އަދި ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 429 ސްކުއެއަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ރަކީދޫ ބަނދަރުގެ މައްސަލައިގައި ރަށު ރައްޔިތުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ. އަދި ބަނދަރާ ގުޅިގެން އެރަށު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ޓީމަކާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގް އާއި، އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު އަދި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް ވަނީ ރަކީދޫގައި ބައްދަލުވުމެއް ބާއްވައިފައެވެ.

ރަށުގައި ދިރިއުޅޭ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަނދަރުގެ ސަބަބުން އެރަށުގެ ހިތްގައިމު ގޮނޑުދޮށް ގެއްލި، ތިމާވެށްޓަށް ނޭދެވޭ އަސަރުކޮށް، އެރަށުގައި ފައްކާވަމުން އަންނަ ލޯކަލް ޓުއަރިޒަމަށް ގެއްލުންވުމެވެ.

comment ކޮމެންޓް