އަކްޝޭގެ ކުރިއަށް އޮތް ފިލްމަކީ "ރަކްޝާ ބަންދަން"

ރަކްޝާ ބަންދަންގެ ފަސްޓްލުކް---

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމުގެ ނަން ހާމަކޮށް ފިލްމުގެ ފަސްޓްލުކް ދައްކާލައިފި އެވެ.

"ރަކްޝާ ބަންދަން"ގެ ނަމުން ނަންދީފައިވާ މި ފިލްމުގެ ފަސްޓްލުކް އިންސްޓަގްރާމްގައި ހިއްސާކުރަމުން އަކްޝޭ ބުނީ މި ފިލްމަކީ މުޅި ކެރިއަރުގައިވެސް އެންމެ އަވަހަށް އޭނާ ކުޅެން އެއްބަސްވެ ސޮއިކުރި ފިލްމުކަމަށެވެ. މި ފިލްމަކީ މީހުން ހެއްވާލާ ރޮއްވާލާނެ ފިލްމެއްކަމަށެވެ. އަދި ދައްތަ މެން ތިބޭ މީހުންނަށް ދައްތަމެން ލިބުމަކީ ކިހާބޮޑު ނަސީބެއްކަން ވެސް މި ފިލްމުގެ ޒަރިއްޔާއިން ހާމަވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.

މި ފިލްމު އަކްޝޭ ހާއްސަކުރަނީ އޭނާގެ ދައްތަ އަށެވެ. އާނަންދު އެލް ރާއީ ޑައިރެކްޓްކޮށް އުފައްދާ މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރީ ހިމަންޝޫ ޝަރްމާ އެވެ.

ރަކްޝާ ބަންދަން ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ.

comment ކޮމެންޓް