ސުޝާންތުގެ ބޭންކް ސްޓޭޓްމަންޓް އާންމުވެއްޖެ

ސުޝާންތު އާ އޭނާގެ ލޯބިވެރިޔާ ރިއާ--

ދާދި ފަހުން މަރުވި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ ބޭންކް ސްޓޭޓްމަންޓު އާންމުވެއްޖެ އެވެ.

ޕަޓްނާ ފުލުހުން ވަނީ ސުޝާންތުގެ ބޭންކް ސްޓޭޓްމަންޓް ނަގައިފަ އެވެ. އަދި މިހާރު އޭނާގެ ބޭންކް ސްޓޭޓްމަންޓު ވަނީ ބޭރުގެ މީޑީއާތަކުގައި ހާމަކޮށްފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު ސުޝާންތު އެކައުންޓުގައި ހަތަރު ކުރޯޑު ރުޕީސް ހުރި އިރު މިއަހަރު ފެބްރުއަރީ މަހު އެ އެކައުންޓުގައި ބާކީ އިނީ އެންމެ ކުރޯޑެކެވެ. އޭނާގެ އެކައުންޓުގެ ފައިސާ ގިނައިން ޚަރަދުކޮށްފައިވަނީ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީއަށެވެ.

މިދިޔަ އޮކްޓޯބަރުން މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ސުޝާންތު އެކައުންޓުން ބޭނުންކޮށްފައިވާ ފައިސާތަކަށް ބަލާއިރު ރިއާގެ ކޮއްކޮ ޝޮވިކް ޗަކްރަބޯޓީގެ ފްލައިޓުގެ ޓިކެޓަށް މިދިޔަ އޮކްޓޯބަރު މަހު 81،901 ރުޕީސް ހަރަދުކޮށްފައިވެ އެވެ. އަދި ހަމަ އެމަހު 15ގައި ޝޮވިކް ހޮޓަލެއްގައި ބެހެއްޓުމަށް ވަނީ 472،925 ރުޕީސް ހަރަދުކޮށްފަ އެވެ. އޭގެ އަނެއް ދުވަހު ރިއާ އަދި ޝޮވިކްގެ ފްލައިޓް ޓިކެޓަށް ވަނީ 76،305 ރުޕީސް ހަރަދުކޮށްފަ އެވެ. އަދި ރިއާގެ އިސްތަށިގަނޑު އަދި މޭކަޕްގެ ހަރަދަށް އެ އެކައުންޓުން 40،000 ރުޕީސް ހޭދަކުރި އިރު ހަމައެކަނި ރިއާގެ "ޒާރާ ވިޔަފާރި" އަށް ވަނީ 35،230 ރުޕީސް ހަރަދުކޮށްފަ އެވެ. ހަމައެއާއެކު ރިއާގެ ޕާލާ އަށް 9440 ރުޕީސް ހަރަދުކުރިއިރު މި އަހަރުގެ ޖަނަވަރީ މަހު ހެންސް އެންޑް މޯރިޓްޒް (އެޗް އެންޑް އެމް) އިން ރިއާ ވިޔަފާރިކުރުމަށް 9000 ރުޕީސް ވަނީ ބޭނުންކޮށްފަ އެވެ.

މި ޚަރަދުތައް ރިއާކޮށްފައި ވަނީ ސުޝާންތަށް ނޭނގި ސިއްރުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ސުޝާންތުގެ ކޭޝް ކާޑު ރިއާ އަތުގައި ބާއްވާފައި އޮންނަ ވާހަކަ ދާދިފަހުން މީޑިއާތަކުގައި ވަނީ ތިލަވެފަ އެވެ. އަދި ސުޝާންތުގެ ބައްޕަ ވަނީ ރިއާއަށާއި އޭނާގެ އާއިލާ އަށް ސީރިއަސް ތުހުމަތުތަކެއްވެސް ކޮށްފަ އެވެ. ސުޝާންތު ބައްޕަ ރިއާ އާއި އޭނާގެ އާއިލާއަށް ތުހުމަތުކުރަނީ ސުޝާންތުގެ ޑެބިޑް އަދި ކްރެޑިޓް ކާޑުން ވިޔަފާރިކުރުމާ އެކު ސުޝާންތަށް ނަފްސާނީ ގޮތުން ގެއްލުންދީފައިވާ ކަމަށް ބުނެ އެވެ. އަދި ސުޝާންތުގެ އެކައުންޓުން 15 ކުރޯޑު އެހެނިހެން އެކައުންޓްތަކަށް ޓްރާންސްފާކޮށްފައިވާ ކަމަށާއި އެ އެކައުންޓުތަކަކީ ސުޝާންތުއާ އެއްވެސް ގުޅުމެއް ނެތް އެކައުންޓްތަކެއް ކަމަށް ވެސް ކޭކޭ ވަނީ ބުނެފަ އެވެ. ނަމަވެސް ރިއާ ބުނީ އެ ތުހުމަތުތައް ސުޝާންތުގެ ބައްޕަ އޭނާއަށް ކުރަނީ ފުރައްސާރަކުރުމުގެ ނިޔަތުގައި ކަމަށެވެ.

comment ކޮމެންޓް