ޖޫން މަސް ފެށުމާ އެކު އަންކިތާ ހިތްދަތިވެފައި!

ސުޝާންތު އާ އަންކިތާ---

ޓީވީ ބަތަލާ އަދި ބޮލީވުޑް ފިލްމުތަކުން ފެނިގެންދާ ބަޔތަލާ އަންކިތާ ލޯކަންޑޭ ޖޫން މަސް ފެށުމާއެކު ކުރީގެ ހަނދާންތައް އާކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އަންކިތާގެ ކުރީގެ ލޯބިވެރިޔާ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް މަރުވިއިރު އޭނާގެ މަރަށް އަހަރެއް ވާން ކައިރިވެފައިވަނިކޮށް އަންކިތާ ވަނީ ޖޫންޖެހުމަށް ފަހު ކުދި ކުދިވެފައިވާ ހިތްތަކެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ.

އަދި އެއާއެކު އަންކިތާ އާ ސުޝާންތުގެ މަގްބޫލު ޓީވީ ޑްރާމާ "ޕަވިތްރަ ރިޝްތާ" އަށް 12 އަހަރު ފުރުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަންކިތާ ބުނީ މި ޑްރާމާ އަކީ މިއަދު އޭނާ ހުރި ހިސާބަށްގެނެސްދިނުމަށް އެހީތެރިވެ ޑްރާމާ ކަމަށާއި އަދި މި ޑްރާމާގައި ހިއްސާވި އެންމެންނަކީ އޭނާގެ ހަޔާތުގައި ވަރަށް މުހިއްމު ބައެއް ކަމަށެވެ. ބަތަލާ އަންކިތާ ބަނީ ޕަވިތްރަ ރިޝްތާގެ ވީޑއޯ ކޮޅެއް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

އެކްޓަރު ސުޝާންތު އާ އަންކިތާ ލޯބީގެ ގޮތުން ގުޅުނީ ޕަވިތްރަ ރިޝްތާ ސެޓުގަ އެވެ. އެ ސެޓުން އުފެދުނު ލޯބި ނިމުމަކަށް އައީ 2016 ވަނަ އަހަރު އެވެ. ޕަވިތްރަ ރިޝްތާ އަކީ 2009 އަކުން 2014 އަށް ގެނެސްދިން ރީތި ސީރީޒެކެވެ.

comment ކޮމެންޓް