ވިއެޓްނާމުގައި ފުރަތަމަ މީހަކު ކޮވިޑްގައި މަރުވެއްޖެ

ވިއެޓްނާމުގައި ފުރަތަމަ ފަހަރަށް ކޮވިޑް19 ޖެހިގެން މީހަކު މަރުވެއްޖެއެވެ.

އެގައުމުގެ ހޮއި އާން ސިޓީ އިން 70 އަހަރުގެ މީހަކު މަރުވެފައިވާކަމަށް ވިއެޓްނާމުގެ ސްޓޭޓް މީޑިއާ އިން ރިޕޯޓުކޮށްފައިވެއެވެ.

ކޮވިޑް19 ކޮންޓްރޯލުކޮށްފައި އޮތްތާ ހަތަރު މަސްފަހުން، މިމަހުގެ ތެރޭ ވިއެޓްނާމުން އަނެއްކާވެސް ވަނީ ކޮވިޑްގެ ކޭސްތައް ފެންނަން ފަށައިފައެވެ. އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ސަތޭކަ އެތައް މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަކޮށްފައެވެ.

ވިއެޓްނާމްއިން ކޮވިޑްގެ ކޭސްތައް ފެންނަމުންދާ ސިޓީތައް ޓޫރިސްޓުންނަށް ބަންދުކުރުމުގެ ފިޔަވަޅުވެސް ދަނީ އަޅަމުންނެވެ.

މިފަހުން އެންމެ ފުރަތަމަ ކޮވިޑްގެ ޑޮމެސްތިކް ކޭސް އެއް ވިއެޓްނާމުން ފެނުނީ ޑާ ނަންގް އިންނެވެ. އެ ސިޓީ އިން ޕޮޒިޓިވްވީ މެދުއުމުރުގެ މީހެކެވެ. އޭނާ އަކީ މި ފަހުން ސިޓީ އިން ބޭރަށް ދަތުުރުކުރި މީހެއް ނޫންކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް