ރަހުމާން ބުނަނީ ބޮލީވުޑްގައި އޭނާއާ ދެކޮޅަށް ގޭންގެއް އޮތް ކަމަށް

މިއުޒިކް ޑައިރެކްޓަރު ރަހްމާން---

ސުޝާންތު ސިންހް ރާޖްޕުތްގެ މަރާއެކު ބޮލީވުޑްގައި ނެޕޮޓިޒަމްގެ ވާހަކަތައް ނުހަނު ބާރަށް ދެކެވެމުން އަންނަ ދުވަސްވަރެއްގައި މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާން ވެސް ނެޕޮޓިޒަމް އާ ދެކޮޅަށް ވާހަކަ ދައްކައިފި އެވެ.

ސުޝާންތުގެ ފަހު ފިލްމު "ދިލް ބޭޗާރާ"ގެ ލަވަތައް ކޮމްޕޯސްކުރި ރަހްމާން ބުނީ އޭނާގެ މަސައްކަތްތަކާ ދެކޮޅަށް މަސައްކަތް ކުރާ ބޮލީވުޑްގެ ގޭންގެއް އޮތް ކަމަށާއި އެ މީހުންނަށް އޭނާ ކުރާ އެއްވެސް މަސައްކަތެއް ކަމުނުދާ ކަމަށެވެ.

ރޭޑިއޯ މިރްޗީއިން ކުރި ސުވާލަކަށް ޖަވާބުދެމުން ރަހްމާން ބުނީ އޭނާ އަކީ ރަނގަޅު ފިލްމުތަކަށް ނޫނެކޭ ބުނާ މީހެއް ނޫން ކަމަށާއި އަދި އޭނާ އޭ ކިޔައިގެން ދޮގު ވާހަކަ ފަތުރަމުން ބަޔަކު އަންނަ ކަމަށެވެ. އޭނާ ބުނީ ދިލް ބޭޗާރާގެ ޑައިރެކްޓަރު މުކޭޝް ޗާބްރާ ލަވައިގެ މިއުޒިކް ހެދުމަށް އޭނާ ގާތަށް އައުމުން ދެ ދުވަސް ތެރޭ ހަތަރު ލަވައިގެ މަސައްކަތް ނިންމާ ހަވާލުކުރި ކަމަށެވެ.

"މީހުން އެބަ އުންމީދުކުރޭ އަހަރެންގެ ފަރާތުން ރަނގަޅު މަސައްކަތްތަކަށް. އެކަމަކު އެބައުޅޭ އެކަން ކުރިއަ ނުދޭން އުޅޭ ގޭންގެއް. އަހަރެންނާ ދެކޮޅަށް މަސައްކަތްކުރާ ބައެއް. ކޮންމެ މީހެއްވެސް ހަމަ އަންނަންވީ އަހަރެން ގާތަށް. އެންމެ ފުރިހަމައަށް މަސައްކަތްކޮށްދެވޭތޯ ބަލާނަން،"

އޭއާރް ރަހްމާން ވަނީ މަގްބޫލު ގިނަ ލަވަތަކެއް އާންމުންނާ ހަމައަށް ގެނެސްދީފަ އެވެ.

comment ކޮމެންޓް