ވިދްޔާގެ ޝަކުންތަލާ ދޭވީ ގެ ޓްރެއިލާ ދައްކާލައިފި

ފިލްމުގެ ޕޯސްޓަރެއް--

ބަތަލާ ވިދްޔާ ބާލަންގެ ކުރިއަޔް އޮތް ފިލްމު ޝަކުންތަލާ ދޭވީ ގެ ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.

ޓްރެއިލާގައި ވިދްޔާ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ލަންޑަނަށް ދާ މަންޒަރު ފެނިގެންދިޔައިރު އޭނާގެ ހުވަފެނީ ހަޔާތުގެ ބައިވެރިޔާ އާ ވެސް ކައިވެނިކުރާ މަންޒަރު ފެނިގެން ދެ އެވެ.

ވިދްޔާގެ ބައޮގްރޮފިކަލް ޑްރާމާ ރިލީޒްކުރަން ހަމަޖެހިފައިވަނީ މި މަހު 31 ވަނަ ދުވަހު އެވެ. މި ފިލްމު ރިލީޒްކުރާނީ އޮންލައިން ޕްލެޓްފޯމް އެމަޒޮން ޕްރައިމް ވީޑިއޯ މެދުވެރިކޮށެވެ. ހިއުމަން ކޮމްޕިއުޓަރުގެ ނަމުން މަޝްހޫރުވި އިންޑިއާގެ ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ވާހަކަ ކިޔައިދޭ މި ފިލްމާ މެދު ކުރެވޭ އުންމީދުތައް ބޮޑުކަމަށް ވިދްޔާ ބުންޏެެވެ.

ވިދްޔާ އެންމެފަހުން ސްކްރީނުން ފެނިގެންދިޔައީ މިޝަން މަންގަލް އިންނެވެ. އެ ފިލްމަކީ އިންޑިއާގެ ފުރަތަމަ ސްޕޭސް ފިލްމެވެ.

ޝަކުންތަލާއަށް "ހިޔުމަން ކޮމްޕިއުޓަރު"ގެ ނަން ދެވިފައި ވަނީ، ހިސާބު "ކަލްކިޔުލޭޝަން"ތައް ހެދުމުގައި އޭނާއަށް ލިބިފައިވާ އާދަޔާ ޚިލާފު މޮޅު ހުނަރުތަކުގެ ސަބަބުންނެވެ. އަދި ހަމަ އެހެންމެ އެންމެ އަވަހަށް ހިސާބުގެ އަދަދުތައް "ހިތުން" އެއްކޮށް، ކަނޑައި، ގުނަކޮށް ގެއްލުމުގެ ހުނަރުލިބިފައިވާ އިންސާނާގެ ގޮތުގައި އޭނާ ވަނީ މަޝްހޫރުވެފަ އެވެ.

comment ކޮމެންޓް