ކޮވިޑުން އަރައިގަނެ އިގްތިސާދު ނަގަހައްޓަން 1200 ޒުވާނުން ތަމްރީންކުރަނީ

"ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް ޕްރޮގްރާމް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ކޮވިޑުން އަރައިގަނެ އިގްތިސާދު ނަގަހައްޓުމުގެ ގޮތުން އެކި ސިނާއަތްތަކަށް ބޭނުންވާ 1200 ޒުވާނުން ތަމްރީންކުރަން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

"ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް" ގެ ނަމުގައި މިއަދު ހެނދުނު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައފެށި އެ ޕްރޮގްރާމް އިފްތިތާހްކޮށްދެެއްވީ ނާއިބު ރައީސް ފައިސަލް ނަސީމް އެވެ.

އެ ޕްރޮގްރާމްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ވަޒީފާ ބާޒާރަށް މިވަގުތު އެއްމެ ބޭނުންވާ ވަޒީފާގެ ދާއިރާތައް ދެނެގަނެ އެވަޒީފާތަކަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، ރާއްޖޭގައި ޒުވާނުން ވަޒީފާ އަދާ ނުކުރާ މިންވަރު ދަށްކުރުމާއި، ހާއްސަކޮށް މަދުރަސީ ތަޢުލީމު ނިންމާ ޒުވާނުންނަށް ރާއްޖެއަށް މިވަގުތު ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް ތަމްރީނުކުރުން ހިމެނެއެވެ.

ހަމަ އެހެންމެ ފަންނީ މަސައްކަތްތެރި ވަޒީފާތަކާމެދު ޢާއްމުން ދެކޭގޮތް ބަދަލުކޮށް، ފަންނީ މަސައްކަތެރި ކަމަށް ލޯބިކުރާ، އަދި ފަހުރުވެރި މުޖުތަމަޢުއެއް ބިނާކުރުން މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

"ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް ޕްރޮގްރާމް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އޭގެ އިތުރުން ދިވެހިން ބައިވެރިވާ ވާދަވެރި ވަޒީފާ ބާޒާރެއް އުފައްދައި ރާއްޖޭން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ދަށްކޮށް ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ތިމާވެއްޓަށް އަހުލުވެރި، ސިއްހީގޮތުންނާއި، ސަލާމަތާއި ރައްކާތެރި ކަމާއިއެކު މަސައްކަތްކުރާ ޖީލެއް އުފެއްދުންވެސް މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދ ފެށި ތަމްރީން ޕްރޮގްރާމާއެކު ދިވެހި ޒުވާނުން، ވަޒީފާޔަށް ބޭނުންވާ ހުނަރު ތަކާއި އެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މުހިއްމު ބައިތައް އުނގެނި، ހުނަރުވެރި، ޤާބިލް، އުފެންދުންތެރި، އަދި ޒިއްމާދާރު ދިވެހި ރައްޔިތަކަށް ހެދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ރާއްޖޭގެ ސިނާޢަތްތަކަށް ބޭނުންވާ ހުނަރުވެރި ދިވެހިން ވަޒީފާގެ ބާޒާރަށް ނެރުމާއި، އިގްތިސޯދީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަގުތފަހިވެގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ ފަރުދީ ކުރިއެރުމާއިއެކު، ގައުމުގެ އިގުތިސޯދަށް އިތުރު ކުރިއެރުމާއި އާރޯކަން ގެނެވި ދިވެހި ޢާއިލާތަކަށް އިތުރު ކުރިއެރުންތައް ލިބޭނެކަން ވަނީ ފާހަގަކޮށްފަ އެވެ

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމް ތަކަކީ ގައުމީ ސަނަދުގެ ލެވެލް 3 ގެ ފެންވަރަށް ހިންގާ ކޯސްތަކެކެވެ.

"ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް ޕްރޮގްރާމް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އެ ޕްރޮގްރާމްގެ ދަށުން ޓުއަރިޒަމް ދާއިރާއިން 600 އަދި އައިސީޓީ ދާއިރާއިން 200 އަދި ޓުއަރިޒަމް ދާއިރާއާއި ގުޅުންހުރި އިމާރާތް ކުރުމުގެ ދާއިރާއިން 400 ޒުވާނުން ތަމްރީން ކުރުމަށް ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން ތަމްރީނުލިބިގެންދާ ޒުވާނުންގެ 33 އިންސައްތައަކީ އަންހެނުންގެ ބައިވެރިވުން ހިމެނޭ ބައިތަކެއްގެ ގޮތުގައި ވުމަކީ މި ޕްރޮގްރާމްގެ އެންމެ މުހިއްމު އެއް އަމާޒު ކަމުގައި ވެގެންދާނެކަމަށްވެސް ވަނީ ބުނެފަ އެވެ.

ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް ޕްރޮގްރާމް ހިންގުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއާއި ވޯރލްޑްބޭންކްގެ މީރީ ޕޮޖެކްޓާއި، މިނިސްޓްރީ އޮފް ޓުއަރިޒަމްއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި .މިނިސްޓްރީ އޮފް ޔޫތު، ކޮމިއުނިކޭޝަން، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ އެހީތެރިކަން ލިބިގެން ދާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް