އެލްޖީއޭއިން ކޮންމެ ހަފްތާއަކު ކުރާ މަސައްކަތުގެ ރިޕޯޓް އާންމުކުރަނީ

އެލްޖީއޭގެ ޗީފް އެގްޒެކިއުޓިވް އޮފިސަރު އަފްޝަން ލަތީފް -- ސަން ފައިލް ފޮޓޯ

ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކޮންމެ ހަފްތާއެކު ކުރާ މަސައްކަތުގެ ރިޕޯޓް އާންމުކުރަން ނިންމައިފި އެވެ.

އެލްޖީއޭގެ ޗީސް އެގްޒެކިއުޓިވް އޮފިސަރު އަފްޝަން ލަތީފް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެށުށް ފެންނަގޮތަށް ކަންކަންތައް ހާމަކުރުމަކީ އެލްޖީއޭގެ ހިންގުމަށް ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި ކޮންމެ ހަފްތާއަކު ކުރާ މަސައްކަތްތައް ހިމެނޭ ރިޕޯޓް އާންމުކުރާނެކަމަށް ވަނީ ބުނެފަ އެވެ.

އެލްޖީއޭއިން ވަނީ އެ މުވައްސަސާއިން ފާއިތުވި ހަފްތާގައި ކުރި މަސައްކަތުގެ ރިޕޯޓް އިއްޔެ އާންމުކޮށްފަ އެވެ.

އެގޮތުން ރާއްޖޭގެ ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ގޮތުން އަތޮޅުތައް ހަތް ބެޗަކަށް ބަހާލައިގެން ރާއްޖޭގެ ހުރިހާ ކައުންސިލަރުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް އޮންލައިންކޮށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އޭގެ އިތުރުން ކޮވިޑާ ގުޅިގެން އިގްތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅު ކޯޕަރޭޓިވް ސޮސައިޓީތަކާ ކައުންސިލްތައް ގުޅިގެން ދަނޑުވެރިކަމާ ބެހޭ ފުރުސަތުތައް ދެނެގަތުމަ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކޮވިޑާ ގުޅިގެން ކައުންސިލްތަކަށް ބޭނުންވާ މާސްކާއި ސެނެޓައިޒާއާއި އަދި އަންގި ކައުންސިލްތަކަށް ފޮނުވުމުގެ މަސައްކަތްވެސް މިިދޔަ ހަފްތާގައި ވަނީ ކޮށްފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން އަތޮޅުތެރޭގައި ދިރުއުޅޭ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަށު ކައުންސިލްތަކާ ގުޅިގެން ވަނީ ހޯދައިފަ އެވެ.

  • މިދިޔަ ހަފްތާ ކުރި އިތުރު މަސައްކަތްތައް
  • ޕްރޮޖެކްޓް މެނޭޖްމަންޓް އެސްއޯޕީ އެކުލަވާލުމުގެ މަސައްކަތް ކުރުން
  • އައިލެންޑް ޑިވޮލޮޕްމަންޓް ހޭންޑްބުކް ތައްޔާރުކުރުމަށްޓަކައި ޔޫއެންޑީޕީއާ ގުޅިގެން ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތް ކުރުން
  • ޕްރޮޖެކްޓް މެނޭޖްމަންޓްގެ އެސްއޯޕީ އެކުލަވާލުމުގެ މަސައްކަތް ކުރުން
comment ކޮމެންޓް