ފެނާއި ނަރުދަމާ ގާއިމް ކުރާ ސާމާނު ހިތާދުއަށް ގެންގޮސްފި

ބ. ހިތާދޫގެ ފެނާއި ނަރުދަމާއަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައި ---

ބ.ހިތާދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ހިތާދޫގެ ފެނާއި ނަރުދަމާއަށް ބޭނުންވާ ސާމާނާ އެކު، އެ މަސައްކަތް ހަވާލުކޮށްފައިވާ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ވިތް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑް އިން އެ ރަށަށް ގޮސްފައިވާ ކަމަށެވެ.

ބ. ހިތާދޫގެ ފެނާއި ނަރުދަމާއަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައި ---

ދައުލަތުގެ ބަޖެޓުން 35.5 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ބ. ހިތާދޫ ގައި ފެނާއި ނަރުދަމާ ހެދުމުގެ އެއްބަސްވުމުގައި މޯހަން މުތާ ކުންފުންޏާ އެކު ސޮއި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.

މިހާރު ކުރިއަށް މިދާ ރިޔާސީ ފަސް އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް