މިސްރުންވެސް ލީބިޔާއަށް ސިފައިން ފޮނުވަފާނެކަމުގެ އިޝާރާތެއް ދީފި

މިސްރުގެ ރައީސް ޖެނެރަލް ފައްތާހު އަލް ސީސީ--

ތުރުކީއަށް ފަހު މިސްރުންވެސް ލީބިއާއަށް ސިފައިން ފޮނުވާނެކަމުގެ އިޝާރާތެއް ދީފިއެވެ

މިސްރުގެ ރައީސް ޖެނެރަލް ފައްތާހު އަލް ސީސީ އިއްޔެ ވަނީ އެގައުމުގެ ސިފައިން ބޭރުގެ މިޝަންތަކުގައި ހަރަކާތްތެރިވުމަށް ތައްޔާރުވުމަށް އަންގަވައިފައެވެ.

ބައިނަލްއަގުވާމީ ދުނިޔެއިން ގަބޫލުކުރާ ލީބިޔާގެ ސަރުކާރު ގަވާމަންޓް އޮފް ނެޝެނަލް އެކޯޑް (ޖީއެންއޭ)އިން ލީބިޔާގެ އިރުމަތީގައި ގާއިމްކޮށްގެން އުޅޭ ލީބިޔާގެ ސަރުކާރުގެ ލީބިއަން ނެޝަނަލް އާމީ (އެލްއެންއޭ)އާ ކުރިމަތިނުލުމަށްވެސް ސީސީ ވަނީ އިންޒާރުދެއްވައިފައެވެ.

ލީބިޔާގަިއ ހަރަކާތްތެރިވާ ޖީއެންއޭ ސަރުކާރަށް ވާގިވެރިވަނީ ތުރުކީގެ ސިފައިންނެވެ. އަދި ފާއިވާވި މަސްތަކުގައި އެ ސަރުކާރުގެ ސިފައިން ބަލިވިނަމަވެސް ފަހަކަށް އައިސް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައި އެލްއެންއޭ ވަނީ ފަހަތަށް ޖައްސައިފައެވެ. އެލްއެންއޭއަށް މަދަދުދޭ ގައުމުތަކުގެ ތެރޭގައި މިސްރު ޔޫއޭއީ އަދި ރަޝިއާ ހިމެނެއެވެ.

ލީބިޔާއާ ގުޅޭ މިސްރުގެ ހުޅަނގުގެ ބޯޑަރު ސަރަަހައްދު އިއްޔެ ސީސީ ވަނީ ބައްލަވާލައިފައެވެ. އޭރު އެ ސަރަަހައްދުގައި ފައިޓާ ޖެޓްތަކާއި ޓޭންކްތަކާއި އަދި ވެހިކަލްތައް ފަރިތަކުރަމުން ދިޔައެވެ.

"ކޮންމެ ކަހަލަ މިޝަންއަަކަށްވެސް ތައްުޔާރުވެ ތިބޭތި. އެތެރޭގެ ވިޔަސް އަދި ބޯޑަރު ހުރަސްކޮށް އެހެން ގައުމެއްގެ ވިޔަސް" ލީބިޔާ ކައިރީގައި ހުރި އަސްކަރީ ބޭސްއެއްގައި ތިބި އެއާފޯސް ޕައިލެޓުންނާއި ސްޕެޝަލް ފޯސާސްއާ މުޚާތަބުކޮށް ސީސީ ވިދާޅުވިއެވެ.

މިމަހު ކުރީކޮޅު ލީބިޔާގައި ކުރަމުންދާ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށްވެސް މިސްރުން ގޮވާލިއެވެ. އެކަމަށް ރަޝިއާ ޔޫއޭއީން ތާއިދުކުރި ނަމަވެސް ތުރުކީން ވަނީ ދެކޮޅު ހަދައިފައެވެ. އަދި މިއީ ހަނގުރާމައިގައި ބަލިވާތީ ކުރަން އުޅޭ ކަމެއްކަމަށްވެސް ތުރުކީން ވަނީ ތުހުމަތުކޮށްފައެވެ.

ސީސީ ވިދާޅުވީ ލީބިޔާގެ މައްސަލައިގައި ސިޔާސީ ގޮތުން ހައްލެއް ހޯދަން އަބަދުވެސް ބޭނުން ކަމަށާއި ނަމަވެސް މިހާރު ހާލަތު ބަދަލުވެއްޖެ ކަމަށެެވެ.

ލީބިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނާ ދެކޮޅަށް ހަނގުރާމަކުރަށް ލީބިޔާގެ ގަބީލާތަކަށް ހަތިޔާރާއި މަދަދު ދެވިދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިސްރުން ދެކޭގޮތުގައި ޖީއެންއޭއަކީ ޓެރަރިސްޓުންގެ ބައެކެވެ.

comment ކޮމެންޓް