ތަމަޅަ ފިލްމެއްގެ ރީމޭކެއް ޝާހިދަށް

ޝާހިދު ކަޕޫރު...

ކާމިޔާބު ގިނަ ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ކުޅަދާނަ ބަތަލު ޝާހިދު ކަޕޫރަށް ތަމަޅަ ފިލްމެއް ކުޅެން ލިބިއްޖެ އެވެ.

މި ފިލްމަކީ އެކްޝަން ޑްރާމާ "ސޫރަރާއި ޕޮއްޓުރޫ" އެވެ. މި ފިލްމު އަދި ރިލީޒްކޮށްފައެއްނުވެ އެވެ. ހަބަރުތައް ބުނާގޮތުގައި މިހާރު މި ފިލްމުގެ ސްކްރިޕްޓް ޝާހިދާ ހަވާލުކޮށްފައިވާ ކަމަށާއި އަދި މި ފިލްމު ކުޅެން އެއްބަސްވުމާއެކު ފިލްމު ރަސްމީކޮށް އިއުލާންކުރާނެކަން މިހާރު ވަނީ ހާމަކޮށްފަ އެވެ.

އިންޑިއާގެ އެއާލައިނެއް ކަމަށްވާ އެއާ ޑެކަންގެ އާއި އޭގެ ބާނީ ޖީއާރް ގޯޕީނާތުގެ ވާހަކަ ކިޔައިދޭ އެ ފިލްމުގެ ތަމަޅަ ފިލްމުގެ ލީޑު ތަރިއަކީ ސޫރިއާ ލީޑް އެވެ.

ޝާހިދު ވަނީ މިދިޔަ އަހަރު ތެލެގޫ ފިލްމު "އަރްޖުން ރެއްޑީ"ގެ ހިންދީ ރީމޭކް "ކަބީރު ސިންހް" އިން ވެސް ފެނިގެން ގޮސްފަ އެވެ. އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އޭނާގެ އަތުގައި އަދި ރިލީޒްނުކުރާ ފިލްމެއް އެބައޮތެވެ. އެ ފިލްމަކީ ވެސް ހިންދީ ރީމޭކެވެ. "ޖާޒީ" އަކީ މި އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

comment ކޮމެންޓް