މަޝްހޫރު ހާ މޯރީސް މަރުވެއްޖެ

އަޑުގަދަވެގެން ކޯޓަށް ގެންދިޔުމުން މަޝްހޫރުވި މޯރީސް އާއި އޭނާގެ އޯނަރު ފެސޫ -- ފޮޓޯ : ސީއެންއެން

ފްރެންޗް ކަންޓްރީސައިޑްގެ އަޑުތައް ޕްރޮމޯޓުކުރުމުގެ ތެރެއިން މަޝްހޫރުކަން ހޯދާފައިވާ ހާލެއް ކަމަށްވާ މޯރިސް ހަ އަހަރުގައި މަރުވެއްޖެ އެވެ.

ބައިނަލްއަގުވާމީގޮތުން މޯރީސް މަޝްހޫރު ވެފައިވަނީ އެ ހާ ގޮވައިގެން ކޯޓަށް ދިޔަ މައްސަލައެއްގައެވެ. މޯރީސް މަޝްހޫރުވެފައިވަނީ އޭގެ އަޑުގަދަވުމުގެ ސަބަބުން ކޯޓަށް ގެންދިޔަ މައްސަލައަކާ ގުޅިގެންނެވެ.

އެހެންނަމަވެސް 2019 ވަނަ އަހަރުގައި އެ ކޯޓުގެ މައްސަލަ ނިމުނީ މޯރީސްގެ ކޮޅަށެވެ.

މޯރީސް ގެންގުޅުނު ކޮރީން ފެސޫ ބުނެފައިވަނީ މޯރީސް މަރުވެފައިވަނީ މިދިޔަ މެއި މަހުގައި ކަމަށެވެ. އެހެންނަމަވެސް އެ މައުލޫމާތު ކުރީން ހިއްސާ ކުރަން ބޭނުން ނުވީ ކަމަށް އޭނާ ބުންޏެވެ.

"އަސްލު ލޮކްޑައުން އާއެކު އެކި މީހުންނަށް ހިތާމަވެރި ހަބަރު ލިބެމުންދާތީ މި ވާހަކަ ހިއްސާކުރަން ބޭނުން ނުވީ،" މޯރީސްގެ މަރާ ގުޅޭގޮތުން ފެސޫ ބުންޏެވެ.

މޯރީސް އަށް އެންމެ ފުރަތަމަ ކޯޓަށް ދާން ޖެހުމުގެ ކުރީން މައްސަލަތަކެއް ދިމާވީ އޮލެރޯންގެ ރިޓަޔާޑް ދެމަފިރިއެއްގެ ފަރާތުން އައި މައްސަލާ ގުޅިގެންނެވެ. އެ ދެމަފިރިން މައްސަލަ ޖައްސަން ފެށީ މޯރީސް އަޑުގަދަ ކަމަށެވެ.

comment ކޮމެންޓް