އޭސް ހާޑްވެއާއިން އޮންލައިންކޮށް ވެސް ބާޒާރުކޮށްލެވޭނެ!

ކޮވިޑް19އާ ގުޅިގެން ކުރި ލޮކްޑައުންގައި އެންމެ ބޮޑަށް ބަދަލުވެގެންދިޔަ އެއް ކަމަކީ ވިޔަފާރި ކުރުމުގެ ސަގާފަތެވެ. އޮންލައިންކޮށް މުދަލަށް އޯޑަރު ދިނުމުން ގެއާ ހަމައަށް ޑެލިވަރީ ކޮށްދޭ ނިޒާމަކަށް ވިޔަފާރިކުރުން ވަނީ ބަދަލުވެފަ އެވެ.

މިގޮތުން އޭސް ހާޑްވެއާގެ ކަސްޓަމަރުންނަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށް ޓަކައި އެތަނުގެ އޮންލައިން ވެބްސައިޓަށް ވެސް ލޮކްޑައުންގެ ތެރޭގައި އިތުރު ފުރިހަމަ ކަމެއް ވަނީ ގެނެސްފަ އެވެ.

މީގެ ކުރިން ހަމައެކަނި އޭސްއިން ވިއްކާ މުދާ ދައްކާލަން ވެބްސައިޓު ބޭނުންކުރި ނަމަވެސް، މިހާރު ފިހާރައަށް ނުގޮސް، ގޭގައި ތިބެ ސީދާ ވެބްސައިޓުން މުދާ ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ގަންނަން ބޭނުންވާ މުދާ ފަސޭހައިން ހޯދާލެވޭ ގޮތަށް ފަރުމާކޮށްފައިވާ އޭސް ހާޑްވެއާގެ ވެބްސައިޓު ބަހާލާފައިވަނީ އެކި ކެޓަގަރީތަކަށެވެ. އެތަނުން ގިނަ އަދަދެއްގެ ބްރޭންޑްތަކުގެ މުދާ ވިއްކާއިރު، ގަންނަން ބޭނުންވާ ބްރޭންޑު ވަކިން ހިޔާރުކޮށްގެން ވެސް މުދާ ބަލައިލެވޭނެ އެވެ.

އޭސް ހާޑްވެއާއާއި ވެބްސައިޓުން ގަންނަން ލިބޭ މުދަލުގެ ބައެއް ބާވަތްތަކުގެ ތެރޭގައި ބަދިގެ ސާމާނު، ގޭތެރެ ސާފުކުރަން ބޭނުންކުރާ ތަކެތި، އިންސެކްޓިސައިޑްސް، އެޑިއުކޭޝަނަލް ޓޯއީޒް، ސްޓޭޝަނަރީޒް، ހޯމް އެޕްލަޔަންސް އަދި ޕަވާ ޓޫލްސް ހިމެނެ އެވެ.

އޭސް ހާޑްވެއާގެ ވެބްސައިޓުން ގަންނަ މުދާ ދެ ދުވަސް ނުވަތަ ތިން ދުވަހުގެ ތެރޭގައި ގެއަށް ޑެލިވަރީ ކޮށްދޭނެ އެވެ. އޭސް ހާޑްވެއާގެ ވެބްސައިޓުން ބާޒާރުކުރެވޭނީ ވެބްސައިޓުގައި ރަޖިސްޓްރީވެގެންނެވެ.

ވެބްސައިޓުން ގަންނަ މުދަލަށް ފައިސާ ދެއްކޭނީ މޯލްޑިވްސް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، ބޭންކް އެކައުންޓް ބޭނުންކޮށްގެންނެވެ.

އޭސް ހާޑްވެއާގެ ފިހާރައެއް ރާއްޖޭގައި ފުރަތަމަ ހުޅުވި 2011 ވަނަ އަހަރު އެވެ. މިއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަރނޭޝަނަލްއާއި ދިވެހިރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ފެށި ވިޔަފާރިއެކެވެ. އޭސް ހާޑްވެއާގެ އިތުރުން ކަލަ ބޭންކަކީ ވެސް ކޯ-ލޯޑް މޯލްޑިވްސްއިން ހިންގާ ވިޔަފާރިއެކެވެ.

comment ކޮމެންޓް