މިއަދު މާލޭގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑެމުންދާނެ: ސްޓެލްކޯ

ސުޓެލްކޯ: މާލޭގެ އެކި ސަރަަހައްދުތަކުން ކަރަންޓް ކެނޑޭނެ ކަމަށް ވަނީ ބުނެފައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑެމުންދާނެކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓްލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކަރަންޓް ކެނޑުމާއި ގުޅިގެން ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފަ އެވެ. ނަމަވެސް ދިމާވީ ކޮން މައްސަލައެއް ކަމެއް ސްޓްލެކޯ އިން ހާމަކޮށްފައެއް ނުވެ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވައިރު މާފަންނުގެ ބައެއް ސަރަހައްދުތަކުން ވަނީ ހެނދުނު 11:14 ހިސާބުގައި ކަރަންޓް ގޮސްފަ އެވެ. އަދި ގަޑިއިރެއް ވާން ގާތްވެފައި ވަނިކޮށް އެ ސަރަހައްދުތަކަށް ވަނީ އަނބުރާ ކަރަންޓް ދީފަ އެވެ.

ކޮވިޑާއި ގުޅިގެން ގްރޭޓާ މާލެ ސަރަހައްދު ފުރަބަންދުކުރުމުން ސްޓެލްކޯގެ 217 މުވައްޒަފަކު ވަނީ ފުރަބަންދުވެގެން ހިދުމަތް ދިނުމުގައި 59 ދުވަސް ހޭދަކޮށްފަ އެވެ.

comment ކޮމެންޓް