އައްޑޫއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ

އައްޑޫ ނޭޗާރ ޕާކާއި އީދިގަލި ކިޅި މަތިން ނަގާފައިވާ ފޮޓޯއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ މީދޫއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ރޭގައި ފެނިއްޖެ އެވެ.

ފުލުހުން ބުނީ ސ. މީދޫ ގައި އުމުރުން 52 އަހަރުގެ އަންހެނަކު އިއްޔެ ހެނދުނު 7:30 ހާއިރު ގެއިން ނިކުމެގެން ދިޔަގޮތަށް އެނބުރި އައިސްފައި ނުވާ މައްސަލައެއް ރޭގެ 19:40 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އޭނާ ފެނިފައިވަނީ ރޭގެ ވަގުތެއްގައެވެ. އެގޮތުން މީޑިއާތަކުގައި އޭނާ ގެއްލުނު ކަމަށް ރިޕޯޓު ކުރިތާ ގިނަ އިރުތަކެއް ނުވެ އޭނާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް