ތިން އަންހެނުންވެގެން ޕާކިސްތާނުގެ މަޝްހޫރު ބަތަލާއެއްގެ ގެއަށްވަދެ ކުޅި ދައްކާލައިފި

ހަމަލާ އަމާޒުވި ބަތަލާ އުޒްމާ ހާން--

އެއް ބަނޑު އެއް ބަފާ ތިން އަންހެނުންވެގެން ޕާކިސްތާނުގެ މަޝްހޫރު ބަތަލާއެއްގެ ގެއަށްވަދެ އެ ބަތަލާއަށް ކުޅި ދައްކާލައިފިއެވެ.

ޕާކިސްތާނުގެ މަޝްހޫރު ބަތަލާ އުޒްމާ ހާން ދިރިއުޅޭ ގެއަށް އެ ތިން އަންހެނުން ވަނީ ހަތިޔާރު ހިފައިގެން ތިބި އިތުރު 15 މީހަކު ވެސް ގޮވައިގެންނެވެ.

ސޯޝަލް މީޑިއާގައި މިހާރު ވައިރަލްވެފައިވާ ވިީޑިއޯގައި އެ ތިން އަންހެނުން އުޒްމާއާއި އޭނާގެ އަންހެން ކޮއްކޮއަށް ހަމަލާދީ ބިރު ދައްކާ އަދި އެގެއަށް ތަފާތު ގެއްލުންތައް ދޭތަން ވެސް ފެނެ އެެވެ.

އެ ތިން އަންހެނުންނަކީ ވެސް ޕާކިސްތާނުގައި ޕްރޮޕަޓީ ވިޔަފާރިކޮށް އުޅޭ މަހުޖަނެއް ކަަމަށްވާ މާލިކް ރިއާޒާ އާއިލީ ގޮތުން ގުޅުން އޮންނަ އަންހެނުން ތަކެކެވެ.

އުޒްމާއަށް ހަމަލާ ދިން އެން އަންހެނަކީ އަމްނާ އުސްމާން ނަމަކަށް ކިޔާ އަންހެނެކެވެ. އަމްނާ ތުހުމަތުކުރާ ގޮތުގައި އޭނާގެ ފިރިމީހާއާ އުޒްމާ ދަނީ ގުޅުމެއް ބާއްވަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގެ އިތުރު ވީޑިއޯތައް ވެސް ލީކުވެފައިވާއިރު އޭގެން އެއް ވީޑިއޯގައި އުޒްމާ ދިރިއުޅޭ ގޭގެ ބިއްލޫރިތައް ތަޅާލައި އަދި ބިންމަތީގައި ލޭތައް ދައުރުވާތަންވެސް ފެނެއެވެެ.

ސޯޝަލް މީޑީއާގައި އެތައް ބަޔަކު ހަމަލާދިން އަންހެނުންވަނީ ފާޑުކިޔައިފައެވެ. އަދި އެ މައްސަލައިގައި ރުޅި އިސްކުރަންވީ ފިރިހެން މީހާއަށް ކަމަށްވެސް ވަނީ ބުނެފައެވެ.

އަމްނާ ބުނީ އެ ހަމަލާ ދިނުމުގެ ކުރިން އެތައް ފަހަރަކު އިންޒާރުދީ އެ ގުޅުން ހުއްޓާލުމަށް އެދިފައިވާ ކަމަށެވެ. ސޯޝަލް މީޑިއާގައި އާންމުވި އެއް ވީޑިއޯގައި، ޕާކިސްތާނުގެ ޖާސޫސީ އިދާރާ އައިއެސްއައި ލައްވައި، އުޒްމާ ކިޑްނެޕްކުރާނެކަމުގެ އިންޒާރުދޭ އަޑުވެސް އިވެއެވެ.

އުޒްމާ ދިރިއުޅެމުން ދިޔައީ އަމްނާގެ ފިރިމީހާ ކުއްޔަށް ދީފައިވާ ގެއެއްގައެވެ. އެހެންކަމުން އެއީ އުޒްމާގެ އަމިއްލަ ގެއަށް ނުވާނެކަމަށްވެސް ބުނެ އަމްނާ ވަނީ އޭނާގެ އަމަލު ދިފާއުކޮށްފައެވެ.

އެ މައްސަލަ މިހާރު ޕާކިސްތާނުގެ ފުލުހުން ދަނީ ބަލަމުންނެވެ.

ބީބީސީ

comment ކޮމެންޓް