ކޮވިޑާ އެކު ގައުމުތަކުން ފެނުނީ އެކުވެރިކަން، ރާއްޖެ އިން ފެނުނީ ރުޅިވެރިކަން: މަހްލޫފް

ކޮވިޑް-19 މާލޭގައި ހަލުވިކަމާ އެކު ފެތުރެން ފެށުމާ އެކު ފުރަބަންދު ކުރުމުން މިނިސްޓަރު މަހްލޫފް ޑެލިވަރީ ކުރުމަށް ނުކުމެވަޑައިގެން --- ފޮޓޯ: ޓްވިޓާ

ކޮވިޑް-19 އާ އެކު އެހެން ގައުމުތަކުން ފެނުނީ އެކުވެރިކަން ކަމަށާއި ނަމަވެސް ރާއްޖެ އިން ފެނުނީ ރުޅިވެރިކަން ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑާ އެކު އެހެން ގައުމުތަކުން ފެނުނީ އެކުވެރިވެ ގުޅުންބަދަހި ވެގެންދިިޔަ މަންޒަރު ކަމަށެވެ. ނަމަވެސް ރާއްޖެ އިން ފެނުނު މަންޒަރު މުޅިން ތަފާތު ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"ރާއްޖެ އިން މި ފެންނަނީ ރުޅިވެރިކަމާއި ނަފްރަތު އަދި ބައިބައިވުން އިތުރުވެގެންދާ މަންޒަރު،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ، އެއީ ވަރަށް ދެރަ ކެމެއް ކަމަށާއި އަދި އެއީ ސިޔާސީގޮތުން ދެއްކި ވާހަކައެއް ނޫން ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ވަނީ ދުރާލާ ތައްޔާރުވާން ފަށާފަ އެވެ. އަދި އެކަމުގައި ސަރުކާރުގެ ނިންމުންތައް ބިނާވެގެން ދާނީ ސިިއްހީ މާހީރުންގެ އިރުޝާދާއި އެކު ކަން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

މިނިސްޓަރު މަހްލޫފް ބައެއް ސިފައިންނާއި އެކު: ކޮވިޑް-19 އާ އެކު ރާއްޖެ އިން ފެންނަމުން ދަނީ ރުޅުވެރިކަން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި ---

އެއާ އެކު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ގިނަ ބަޔެއްގެ އެއްބާރުލުން ލިބެމުންދާއިރު ފިޔަވަޅުތައް ހަރުކަށިވެފައި ދޯހަޅި ކަމަށް ވެސް އެއްބަޔަކު އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް