ފުރަބަންދުގައި އެކެޑަމީން ކުރިއަށް ގެންދާ ކޯސްތަަކަށް ހޫނު ތަރުހީބެއް

ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުރަބަންދުގައި ދިވެހިބަހުގެ އެކެޑަމީއިން އޮންލައިންކޮށް ކުރިއަށް ގެންދާ އެކި އެކި އަދަބީ ކޯސްތަކަށް ހޫނު ތަރުހީބެއް ލިބެމުންދާކަމަށް އެ އެކެޑެމީން ބުނެފިއެފެ.

ކޮރޯނާވައިރަސް ފެތުރެމުންދާ މި ދަނޑިވަޅު ބަހުގެެ އެކެޑަމީން ވަނީ އަދަބީ ތަފާތު ކޯސްތަކެއް ހިންގުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ޅެން ހަދަން ދަސްކޮށްދޭ ކޯހެއް ކުރިއަށް ގެންދާ އިރު، ނާވިލް ލިޔުމުގެ ކޯސްތައް ރޭ ވަނީ ފަށާފައެވެ. މީގެ އިތުރުން ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ ކްލާސްތަކެއްވެސް ކުރިއަށް އެބަ ގެންދެއެވެ.

އެކެޑަމީން ކުރިއަށް ގެންދާ ނާވިލު ލިޔުމުގެ ކޯހުގައި 230 މީހުން ބައިވެރިވެފައިވާއިރު ވާހަކަ ދެއްކުމުގެ ކޯހުގައި 470 މީހުން ބައިވެރިވެއެެވެ. އަދި ޅެން ހެދުމުގައި ކޯހުގައި 460 މީހުން ވަނީ ބައިވެރިވެފައެެވެ.

ބަހުގެ އެކެޑަމީން ބުނީ ކުރިއަށް އޮތް މުސްތަގުބަލުގައިވެސް އަދަބީ އެފަދަ ކޯސްތައް ކުރިއަށް ގެންދާނެ ކަމަށާއި އަދި އެ ކޯސްތައް އެކްރެޑިޓްވެސް ކުރާނެ ކަމަށެވެެ.

comment ކޮމެންޓް