އަމީތާބުގެ "ގުލާބޯ ސިތާބޯ"ގެ ޓްރެއިލާ މިއޮތީ

އެކި ފަހަރުތަކުގެ މަތިން ރިލީޒްކުރުން ފަސްކުރި ފިލްމު "ގުލާބޯ ސިތާބޯ"ގެ ރަސްމީ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމު މިހާރު ރިލީޒްކުރަން ނިންމާފައިވަނީ އެމެޒޯން ޕްރައިމުންނެވެ. އެއާއެކު ފިލްމުވެގެންދާނީ ބޮޑު ފިލްމެއް ސްޓްރީމިން ޕްލެޓްފޯމަކުން ރިލީޒްކުރާ ފުރަތަމަ ފިލްމަށެވެ. ބޮލީވުޑްގެ ލެޖެންޑަރީ އަމީތާބު ބައްޗަން ފެނިގެންދާ މި ފިލްމަކީ ގޭގެ ބައެއް ކުއްޔަށް ދީގެން އުޅޭ އުމުރުން ދުވަސްވީ މީހަކާއި އެ ގޭގައި ކުއްޔަށް އުޅޭ ޒުވާނަކާ ދެމެދު ހިނގާ ކޯޅުންތަކެއް ފެނިގެންދާ ފިލްމެކެވެ. ފިލްމުގައި އުމުރުން ދުވަސްވީ މީހާގެ ރޯލު އަމީތާބު ކުޅޭއިރު ކުއްޔަށް އުޅޭ ޒުވާނާގެ ރޯލު ކުޅޭނީ އަޔޫޝްމަން ކުރާނާއެވެ.

ޝުޖިތު ސިރްކާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ޖޫހީ ޗަތުރަވެދީ އެވެ.

މި ފިލްމު އެމެޒޯންއިން ދައްކަން ފަށާނީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. ގުލާބޯ ސިތާބޯ އެމެޒޯން އަށް ވިއްކާލީ ނުވަ މިލިއަން ޑޮލަރަށް ކަމަށް ޚަބަރުތައް ބުނެއެވެ. އެ ފިލްމަކީ ފެމިލީ ކޮމެޑީއެވެ.
މި ފިލްމުވެގެންދާނީ އަމީތާބް އާއި އާޔޫޝް ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

comment ކޮމެންޓް