މާދަމާ ފިތުރު އީދަށް ވުމުން، މެންދުރަށް ކައްކާނެ އެއްޗެއް ނިންމައިފިން ހެއްޔެވެ؟ ހާސް ވާނެ ކަމެއް ނެތެވެ. މިއޮތީ ފަސޭހަ ހައްލެކެވެ.
އީދު ދުވަހު ރާއްޖޭގައިވެސް ބިރިޔާނީ ކައްކައެވެ. ނަމަވެސް ބިރިޔާނީ ހެދުން އެއީ ބުރަ ބޮޑު ކަމަކަށް ވެދާނެއެވެ.
މާދަމާގެ މެންދުރު ކެއުމަށް ހެދުމަށް، ޖިންޖާބޭކްސްއާއެކު މި ހުށަހަޅާލަނީ ރަހަތަކުން ފުރިގެންވާ ޗިކަން ރައިސްއެއްގެ ރެސިޕީއެވެ. މިއީ ބިރިޔާނީއެއް ނޫނެވެ--އެކަމަކު އެއާ އެއްފަދަ، ފްލޭވާތަކުން ފުރިގެންވާ މީރު ބަތްގަނޑެކެވެ. މި ޑިޝްގެ ޚާއްސަ ތަންކޮޅަކީ މިއީ އެންމެ ތެއްޔަކުންވެސް ތައްޔާރުކޮށް ނިންމާލެވޭނެ އެއްޗަކަށް ވުމެވެ. ބޮޑު ބުރައެއް ނުއުފުލާ، މާދަމާ މެންދުރުގެ ކެއުމަށް މީގެ ބަތްގަނޑެއް ތައްޔާރުކޮށްލަބަލާށެވެ.
ބޭނުންވަ ތަކެތި
ކުކުޅު މެރިނޭޓްކުރުމަށް:
- 1 ކިލޯ ކުކުޅު (ކަށި ހުންނަ، ނުވަތަ ބޯންލެސް ކުކުޅުވެސް ހެދިދާނެ. 1 ކިލޯގެ ކުކުޅު ފައި ވެސް ބޭނުންކުރެވުދާނެ)
- 1 ސައިސަމުސާ ލޮނު
- ބައި ސައިސަމުސާ ތެޅިމިރުސް
- 9 މޭޒުމަތީސަމުސާ ޕްލެއިން ޔޯގަޓް
- 2 މޭޒުމަތީސަމުސާ އިނގުރު ޕޭސްޓް
- 2 މޭޒުމަތީ ސަމުސާ ގާލިކް ޕޭސްޓް
*ނޯޓް: ޖިންޖާ-ގާލިކް ޕޭސްޓް ހުރިނަމަ އޭގެ 3 މޭޒުމަތީސަމުސާ ބޭނުންކުރައްވާ

ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސްއަށް ބޭނުންވާ ބައެއް ހަވާދުގެ ބާވަތްތައް -- ފޮޓޯ/ ޖިންޖާބޭކްސް
ކެއްކުންގަނޑަށް:
- 1/4 ޖޯޑު ކުކިން އޮއިލް
- 2 މޭޒުމަތީސަމުސާ ބަޓަރު (ބަދަލުގައި ގިތެޔޮ ބޭނުންކުރެވދާނެ)
- 4 ބޭލީފް
- 6 ކާފޫރުތޮޅި
- 3 ބުރި ފޮނިތޮށި
- 8 ކަރަންފޫ
- 1/2 ސައިސަމުސާ އަސޭމިރުސް (ނުފުނޑާ)
- 1 ސައިސަމުސާ ދިރި
- 1 ސްޓާ އޭނިސް
- މެދުސައިޒުގެ ދެ ފިޔާ، ކޮށާފައި
- 8 ލޮނުމެދުކޮޅު، ކުދިކޮށް ކޮށާފައި (މިންސް ކޮށްފައި)

ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސްއަށް ބޭނުންވާ ބައެއް ތަކެތި -- ފޮޓޯ/ ޖިންޖާބޭކްސް
- 1 1/2 ސައިސަމުސާ ޖިންޖާ ޕޭސްޓް
- 1 ސައިސަމުސާ ގާލިކް ޕޭސްޓް
- 1 ސައިސަމުސާ ތެޅިމިރުސް
- 1 ސައިސަމުސާ މުގުރި ކޮރިއެންޑާ
- 1 ސައިސަމުސާ ގަރަމް މަސާލާ
- 1/2 ސައިސަމުސާ މުގުރި ދިރި
- 1/2 ސައިސަމުސާ ތަކޫވަށް
- 1/4 ސައިސަމުސާ މޭސް (ތަކޫވަކުގެ ބޭރު ތޮށި މުގުރާފައި)
- 20 ރެއިސިންސް (ބޭނުންނަމަ ގިނައިންވެސް އެޅިދާނެ)
- 1/2 ޖޯޑު ތެލުލި ފިޔާ
- 3 ޖޯޑު ހޫނު ފެން
- 2 ޖޯޑު ހޫނު ޗިކަން ސްޓޮކް (ތައްޔާރުކުރުމަށް 2 ޖޯޑު ހޫނުފެނަށް 2 ޗިކަން ސްޓޮކް ކިއުބް ލާ)
- 1 ޖޯޑު ކިރު
- 3 ޖޯޑު ބާސްމަތީ ހަނޑޫ
- 3-4 ގްރީން ޗިލީ (މެދުން ފަޅާފައި)
- 2 ސައިސަމުސާ ލޮނު

ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސްއަށް ބޭނުންވާ ބައެއް ތަކެތި -- ފޮޓޯ/ ޖިންޖާބޭކްސް
ގާނިޝް ހެދުމަށް
- 12 ކެޝޫނަޓް
- 2 މޭޒުމަތީސަމުސާ ގިތެޔޮ، ވިރުވާފައި
- 1 ސައިސަމުސާ ލުނބޯހުތް
- 2 މޭޒުމަތީސަމުސާ ތެލުލި ފިޔާ
- ފްރެޝް ކޮރިއެންޑާ ފަތް، ކޮށާފައި
- ލުނބޯ ފޮތި (ލެމަން ނުވަތަ ލައިމް)
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ވީ ކުކުޅުމަސް ތައްޔާރުކުރާށެވެ.
ބޭނުންކުރަނީ ނުކޮށާ ކުކުޅެއް ނަމަ، ދޮވެލުމަށްފަހު އަށެއްކަ އެތިކޮޅަށް ކުކުޅު ކޮށާލާށެވެ. ދެން ޓިޝޫއަކުން ޖައްސައި ކުކުޅުކޮޅުތައް ހިއްކާލުމަށްފަހު މެރިނޭޓްކުރަންވީއެވެ. ލޮނު، ތެޅި މިރުސް، ލޮނުމެދާއި އިނގުރު ޕޭސްޓް އަދި ޔޯގަޓް އަޅައި، ކުކުޅުތަކާ އެއްކޮށްލާފައި މެރިނޭޓްވާން ބަހައްޓާލާށެވެ.

ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް ތައްޔާރުކުރުމަށް ހަނޑޫ ދޮވެ، ފެނުލުމަށްފަހު ކެއްކުމަށް ތައްޔާރަށް -- ފޮޓޯ/ ޖިންޖާބޭކްސް
ބަތްގަނޑާ ދިމާލަށް ދަމާ ހިނގާށެވެ. ތިން ޖޯޑު ހަނޑޫ ދޮވެލުމަށްފަހު ފެނުލާފައި 20 މިނިޓު ވަންދެން ބަހައްޓާށެވެ. އެއަށްފަހު ފުރޭނުމަށްފަހު ހަނޑޫކޮޅު ބަހައްޓާށެވެ.
ބޮޑު ތެއްޔަކަށް ކުކިން އޮއިލްކޮޅު އަދި ބަޓަރުކޮޅު (ނުވަތަ ގިތެޔޮ) އަޅައި ހޫނުކޮށްލުމަށްފަހު ބޭ ލީވްސް، ފޮނިތޮށި، ކާފޫރުތޮޅި، އަސޭމިރުސް، ކަރަންފޫ، ސްޓާ އޭނިސް އަދި ދިރި އަޅައި، މީރުކޮށްލާށެވެ. ދެން ކޮށާފައި ހުރި ފިޔާކޮޅުވެސް އަޅައި މީރުކޮށްލާށެވެ. ދެން އަޅާންވީ ޖިންޖާ އަދި ގާލިކް ޕޭސްޓާއި މުގުރި މިރުސް އަދި މުގުރި ކޮރިއެންޑާއެވެ. އަދި ރަނގަޅަށް ސްޓަރ ކޮށްލާށެވެ.

ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް ހެދުމަށް އެރޯމެޓިކް ސްޕައިސްތައް މީރުކުރަނީ -- ފޮޓޯ/ ޖިންޖާބޭކްސް

ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް: އެރޯމެޓިކް ސްޕައިސްއާއި ފިޔާ އެކުގައި މީރުކުރަނީ -- ފޮޓޯ/ ޖިންޖާބޭކްސް
ދެން ވީ މެރިނޭޓްކުރި ކުކުޅުކޮޅު ތެއްޔަށް އަޅާލައި، ސްޓަރ ފްރައިކޮށްލާށެވެ. ގާތްގަނޑަކަށް 10 މިނިޓު ވަންދެން ސްޓަރ ފްރައިކުރުމަށް ފަރުވާތެރިވައްޗެވެ. އެއަށްފަހު ގަރަމްމަސާލާއާއި މޭސް އަދި މުގުރި ތަކޫވަށް އަޅައި، އަދި އިތުރުު 10 މިނިޓަށް ސްޓަރ ފްރައި ކޮށްލާށެވެ.

ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް، ފިޔާ މިކްސްޗާގެ ތެރެއަށް ހަވާދުގެ ބާވަތްތައް އަޅާއި އެއްކުރުން -- ފޮޓޯ/ ޖިންޖާބޭކްސް
އިތުރަށް ރަހަ މީރުކޮށްލުމަށްޓަކައި ރެއިސިންސް ކޮޅާއި ބައި ޖޯޑު ތެލުލި ފިޔާވެސް އަޅައި އެއްކޮށްލާށެވެ.

ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް: ހަވާދުގަނޑުގެ ތެރެއަށް މެރިނޭޓެޑް ކުކުޅުކޮޅު އަޅާފައި -- ފޮޓޯ/ ޖިންޖާބޭކްސް
ދެން މި އޮތީ ރެސިޕީގެ ސީރިއަސް ހިސާބެވެ. ހޫނު ފެނާއި، ޗިކަން ސްޓޮކް އަދި ކިރު ޖޯޑު އަވަހަށް އަޅާލާށެވެ. އެކަމަކު ސަމާލުވައްޗެވެ--ފެނާއި ޗިކަން ސްޓޮކް ހުންނަން ޖެހޭނީ ވަރަށް ހޫނުކޮށެވެ.

ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް ހެދުމަށް 2 ޖޯޑު ހޫނު ޗިކަން ސްޓޮކް ބޭނުންވޭ. ހޫނު ފެނާއި 2 ޗިކަން ކިއުބް ސްޓޮކް ބޭނުންކޮށްގެން ސްޓޮކް ހެދޭނެ -- ފޮޓޯ/ ޖިންޖާބޭކްސް

ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް: ހަވާދު ލީ ކުކުޅުކޮޅުގެ ތެރެއަށް ޗިކަން ސްޓޮކާއި ކިރާއި ފެން އަޅާފައި -- ފޮޓޯ/ ޖިންޖާބޭކްސް
ރެސިޕީއަށް ބޭނުންވާ ދިޔާ ތަކެތި އެޅުމަށްފަހު ދެން ތެއްޔަށް އަޅާނީ ބާސްމަތީ ހަނޑޫކޮޅެވެ. އަދި ގްރީން ޗިލީކޮޅާއި، ލޮނުކޮޅުވެސް އެޅުމަށްފަހު ތެލީގެ މަތި ނުޖަހައި ކައްކާލާށެވެ. އެކަމަކު ސްޓަރ ނުކުރައްޗެވެ. ފުރަތަމަ ފަސް މިނިޓު ކައްކާނީ މީޑިއަމް ޓު ހައި ހީޓުގައެވެ. އެ ފަސް މިނިޓުގެ ތެރޭގައި ފެންގަނޑުގެ ބޮޑުބައި އާވިއަށް އަރައިގެން ދާނެއެވެ.

ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް ކުކުޅާއި ސްޓޮކްގެ ތެރެއަށް ހަނޑޫ އަޅައި، ކައްކަނީ -- ފޮޓޯ/ ޖިންޖާބޭކްސް
ދެން ގިނި ކުޑަކޮށް މަޑުކޮށްލުމަށްފަހު ތެލީގެ މަތި ޖަހައި، އިތުރު 15 މިނިޓަށް ކައްކާލާށެވެ. 15 މިނިޓު ހަމަވުމުން މަތި ނަގައި، ބަތްގަނޑުގެ މައްޗަށް ގިތެލާއި ލުނބޯހުތްކޮޅު އަޅާލާށެވެ. އަދި ކެޝޫނަޓާއި، ކޮރިއެންޑާ ފަތާއި، ތެލުލި ފިޔާކޮޅާއި ލުނބޯފޮތިތައްވެސް ލައި ގާނިޝް ކޮށްލާށެވެ.

ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް ތައްޔާރުވެފައި -- ފޮޓޯ/ ޖިންޖާބޭކްސް