Dhiraagu
Dhiraagu

ގަވާއިދާ ޚިލާފަށް ރޭގަނޑު ކައްކައިގެން ޑެލިވަރީކުރި 3 ބިދޭސީން އަތުލައިގެންފި

އިމިގްރޭޝަން އޮފިސަރުން މ ހާމަނީ ގޭގައި: އެ ގެއިން ތިން ބިދޭސީން ވަނީ އަތުލައިގެންފައި --

މާލޭގެ ގެއެއްގައި ގަވާއިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރީކުރަމުން އައި ތިން ބިދޭސީއަކު އިމިގްރޭޝަނުން ރޭ އަތުލައިގެންފިއެވެ.

ADK GENERAl

މިއީ އިމިގްރޭޝަން ވޮޗަށް މި މަހު ފަސްވަނަ ދުވަހު ރިޕޯޓުކުރި މައްސަލައެކެވެ.

އިމިގްރޭޝަނުން ބުނީ، އެ ރިޕޯޓާ ގުޅިގެން ރޭ މ. ހާމަނީ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ތިން ބިދޭސީން ވެގެން ރޭގަނޑު 9:00 އިން ފެށިގެން 2:00 އާ ހަމައަށް ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީކުރުމުގެ ވިޔަފާރި އޮންލައިންކޮށް ކުރި ކަމަށް އިމިގްރޭޝަނަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެ ތަނުގައި މަސައްކަތްކުރި ތިން ބިދޭސީން މަސައްކަތްކުރަމުންދިޔައީ އެ މީހުންނަށް ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ގަވާއިދާ ޚިލާފަށެވެ. އެހެންވެ، ތިން މީހުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކުރި ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓުކޮށްފައެވެ. މީގެ ކުރިން ވަނީ ގަވާއިދާ ޚިލާފަށް، ވަރަށް މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރި ބިދޭސީންތަކެއް ވެސް އަތުލައިގެންފައެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ އަދަދުތަކަށް ބަލާއިރު، ދިވެހީންގެ އާބާދީއަކީ 382،751 މީހުންނެވެ. ބާކީ 132،371 މީހުންނަކީ ބިދޭސީންނެވެ. އެ ގޮތުން ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ހުރީ ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއެއްގެ މަގުންނެވެ.

މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ. އެހެންވެ، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

Redstar
comment ކޮމެންޓް

comment ގުލް

4 week 5 day ago

ސަރުކާރާއި ސިފައިންނާއި ޕޮލިހުން އަދި އިމިގްރޭޗަން އިން ތިބެނީ ބަންގާޅިން ނަށް ވިކި ހުސްވެފައި'''' ވަރަށް ާހަކަ.

comment ހުޅުމާލެ މީހާ

1 month 7 day ago

ހުޅުމާލެ ރެހެންދި ފުޓްބޯޅަ ދަނޑު ތަކުގަ ކޮންމެ ރެޔަކު ފަތިހު ދަނޑު ތައް ދިއްލައިގެން ބޯޅަ ކުޅެނީ ހުސް ބޭރު މީހުން. އާއްމު އުދަގުޅަކައް ވާގޮތައް ހަޅޭއް ލަވަމުން ކުޅެމުން ދަނި. ދިވެހިން ނައް މިތަން ތަން ލިބެނި ވަކި ވަރަކައް ފައިސާ ދީގެން. މިކަން އިމިގުރޭޝަން އިން ނުބަލަން ތޯ

comment ޓޯޔު

1 month 1 week ago

ހަބަރު ލިބޭ ވަކިވަރެއް ލާރިދިނީމަ އިމިގްރޭޝަނުން ޑީލް އެއް ހެދެޔޯ. އެކިރޭޓް އޮންނަނީ. ބިދޭސީން ބންގުލަދޭޝް މީހުން ބާރުގަދަ. ސިފައިން ވެސް މިކަންނުބަލާ

comment އަހުމަދު

1 month 1 week ago

އެބަރަގަޅުވޭ ، މިއީރައްޔިތުން ބޭނުންވާގޮތަކީ ،ރައްޔިތުން ގެ ފައިސާއިން ބޮޑު ހަރަދުކޮށްގެން އުފައްދާފަ ހުންނަ މުއައްސަސާތަށް ރައްޔިތުންނާއި ގައުމުގެ ހައްގުގަ މަސައްކަތް ކުރުން ، މާރުކޭޓު ސަރަހައްދުގަ މަސްދޯނިފަހަރުގަ އުޅޭ ބަންގާޅިން ގެ ކަންތަށް ވެސް އެބަޖެހޭ ވަރަށް ސީރިއަސްކޮށް ބަލަން