އީދު ހެދުން ދައްކާލާ! އައިލެންޑް އެޕޯތެކެއަރީގެ ހަދިޔާއެއް

ނަލަހެދިގެން އާއިލާ އާއި ރަހްމަތްތެރިންނާއެކު މިއަހަރުގެ ފިޠްރު އީދު ފާހަގަކުރަން ބޭރަށް ދެވޭކަން ނެތެވެ. ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަަބުން މުޅި ރާއްޖެ ފުރަބަންދުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު "ނިއު ނޯމަލް"ގައި އަހަރެމެން އީދު ފާހަގަކުރަންޖެހިފައި މިއޮތީ ގޭތެރޭގަ އެވެ.

އީދު ދުވަހު ކުރާނެ މާގިނަ ކަންތައްތަކުގެ ޕްލޭނެއް މިފަހަރު ގިނަބައެއްގެ ނެތެވެ. އަހަރެމެންނަކީ އީދެއް އަންނައިރަށް ފޮށިތަންމަތި ބަންދުކޮށް، ރަށު ބަންދުން ވީއްލި އަވަހަށް ތަފާތު ތަންތަނަށް ނުވަތަ އުފަން ރަށަށް މިސްރާބުޖަހާ ބައެކެވެ.

ސަންގެ ޓީމުން "އައިލެންޑް އެޕޯތެކެއަރީ" އާއި ގުޅިގެން މި ގެނެސްދެނީ ގޭގައި ތިބެ އީދު ފޯރި ނަގާލާނެ ގޮތެކެވެ. އަހަރެމެންނަށް އީދު ހެދުން ދައްކާލަބަލާށެވެ. އާއިލާގެ ހުރިހާ ފަރާތްތަކުން މިފަހަރު އީދަށް ނަލަހެދުނުގޮތް އަހަރެމެން ދޭ އިރުޝާދާއި އެއްގޮތަށް ފޭސްބުކްއަށް ނުވަތަ އިންސްޓަގްރާމް އަށް ޕޯސްޓްކޮށްލާށެވެ. ހުރިހާ ފޮޓޯތަކެއްވެސް މޭ، 25، 2020، ހޯމަ ދުވަހުގެ މެންދަމު 12:00 ގެ ކުރިން ޕޯސްޓްކުރަންވާނެ އެވެ.

އަޖުމަބަލައިލަން ތަފާތު ފަތްޕިލާވެލި އެއްކޮށް ކުރަން ފެށި އެކްސްޕެރިމެންޓްތަކާއި ދުޅަހެޔޮކަމަށް އޮތް ލޯތްބަކުން އުފަންވި އައިމިނަތު ޝަފާނާ (ޝަފާ)ގެ އައިލެންޑް އެޕޯތެކެއަރީގެ ހާއްސަ އީދު ހަދިޔާއެއް، ފޮޓޯ ޕޯސްޓުކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ލިބޭނެ އެވެ.

އައިލެންޑް އެޕޯތެކެއަރީއިން އީދު ހަދިޔާގެ ގޮތުގައި ހުށަހަޅަނީ ސެލްފް-ކެއާ ޕެކޭޖެކެވެ.

އައިލެންޑް އެޕޯތެކެއަރީއަކީ ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އާއްމުންނާއި ވިޔަފާރިވެރިން އިތުބާރާއި ޔަގީންކަން ހޯދާފައިވާ ބްރޭންޑެކެވެ. މިވަގުތު އައިލެންޑް އެޕޯތެކެއަރީއިން ވިއްކާ ތަކެތި ލިބެން ހުންނާނީ މާލޭގައި ހުންނަ އައިލެންޑް ބާޒާރު ފިހާރައިންނާއި އައިލެންޑް ބާޒާރުގެ އޮންލައިން ފިހާރައިންނެވެ.

ގުދުރަތީ އެއްޗެހި އެކަނި ބޭނުންކޮށް، އެއްވެސް ކެމިކަލެއް ބޭނުންނުކޮށް ތައްޔާރުކުރާ މި ބްރޭންޑްގެ ރީޓެއިލް އަދި ޕްރޮފެޝަނަލް ލައިންގައި ތަފާތު އަށް ކަލެކްޝަނެއްގައި 80 އަށްވުރެ ގިނަ ޕްރޮޑަކްޓް ހުރެ އެވެ.

އައިލެންޑް އެޕޯތެކެއަރީގެ އުފައްދާ ތަކެތީގެ ތެރޭގައި ބޮޑީ ސްކްރަބް، ބާތު ސޯލްޓް، އޮއިލް ތެރަޕީ، ކްލޭ މާސްކް، ތަފާތު ވައްތަރުގެ މިސްޓް އަދި ވެކްސް ކޭންޑްލް ހިމެނެ އެވެ. އައިލެންޑް އެޕޯތެކެއަރީގެ މުސްތަގުބަލް ފެންނަނީ އުޖާލާކޮށެވެ.

އައިލެންޑް އެޕޯތެކެއަރީ އަދި ސަންގެ ޓީމުން ފިތުރު އީދުގެ ހެޔޮއެދުމާއި ތަހުނިޔާ ހުރިހާ ކިޔުންތެރިންނަށް ފޮނުވަމެވެ. ހުރިހާ ފަރާތްތަކަށްވެސް އުފާވެރި ރައްކާތެރި އީދަކަށް އެދެމެވެ.

comment ކޮމެންޓް