ސަންގެ އީދު ސަލާން ގަލާން: ލޮޓަސްއިން ހަދިޔާއެއް!

ސަން އާއި ލޮޓަސް ގުޅިގެން ކުރިއަށްގެންދާ އީދު ސަލާން ގަލާން

އެހެން އަހަރުތަކާއި ހިލާފަށް މިފަހަރުގެ ފިތުރުއީދު ދުވަސް މި ބައްދަލުކުރަނީ ހިތްދަތި އިހުސާސްތަކަކާ އެކު އެވެ. ފަތިހު ފަތިހާ ތެދުވެ ފެންވަރައި، އީދު ހެދުންލައިގެން އެންމެ މީރުވަސް ދުވާ ސެންޓް ޖަހައިގެން އީދު ނަމާދުގެ ބޮޑު ޖަމާއަތަަކަށް މިފަހަރަކު ދެވޭކަށް ނެތެވެ. ނުވިތާކަށް އީދު ނަމާދަށްފަހު މާމަ ތައްޔާރުކުރާ މީރު ބޯކިބާތަކުގެ ރަހަ ބަލާލަން އެގޭދޮށަށް ދެވޭނެ ނަސީބެއް ވެސް ނެތެވެ. ގެއިން ބޭރަށް ނުދެވި، ގާތްތިމާގެ މީހުންނާއި އަދި އެކުވެރިންނާއި އީދު ސަލާން ގަލާން ކުރުމުގެ ފުރުސަތުވެސް މިފަހަރު މިއޮތީ ބަންދުވެފަ އެވެ.

އެކަމަކު، އިސްލާމީ މި ރިވެތި އާދަތަކުގެ ތެރޭގައި ހިމެނޭ އީދު ސަލާން ކުރުން އެއްގޮތަކަށްވެސް ދޫކޮށްގެން ނުވާނެ އެވެ.

ލޮޓަސްގެ އެހީތެރިކަމާއިއެކު "ސަން" އިން މިވަނީ ރާއްޖޭގެ ހުރިހާ ކުޑަކުދީންނަށް އީދު ތަހުނިޔާ ކިޔުމުގެ ފުރުސަތު "ވާޗުއަލްކޮށް" ހުޅުވާލާފަ އެވެ. އަމިއްލަ ގޭގައި ތިބެގެން ބޭނުން ކޮންމެ މީހަކަށް އީދުމުބާރިކް ކިޔައިގެން ހާއްސަ ގިފްޓް ހެމްޕާއެއް ހޯދަންވީ އެވެ.

"އީދުސަލާންގަލާން" ނަމުގައި ކުރިއަށްގެންދާ މި ހާއްސަ ހަރަކާތަކީ ގޭގައި ތިބެގެން ފާހަގަކުރަންޖެހިފައިވާ މި އީދުގައި ކުޑަކުދިން ބައިވެރިކޮށް އެކުދިންގެ ހިތް އުފާކުރުވުމުގެ ގޮތުން ކުރިއަށް ގެންދެވޭ ހާއްސަ ހަރަކާތެކެވެ.

ބައިވެރިވާނެ ގޮތް

މި ހަރަކާތް ހާއްސަކުރެވިފައިވަނީ އުމުރުން ތިން އަހަރާއި 11 އަހަރާއި ދެމެދުގެ ކުޑަކުދީންނަށެވެ. އެހެންކަމުން މި އުމުރުފުރައިގެ ކޮންމެ ކުއްޖެއްވެސް، އާއިލާގެ މެންބަރުންނަށާއި، ރަހުމަތްތެރިންނަށްވިޔަސް އީދު މުބާރިކް ކިޔާލާ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނަގައި ފޭސްބުކް، އިންސްޓަގްރާމް ނުވަތަ ޓްވިޓާގައި ޕޯސްޓްކޮށްލަންވީ އެވެ. ކުރާ ޕޯސްޓްތަކުގައި ކޮންމެހެންވެސް #EidSalaanGalaan އަދި #SunFitrEid2020 މި ހޭޝްޓެގް ހިމަނާލަންވާނެ އެވެ.

ޕޯސްޓްތައް ބަލައިގަތުން ކުރިއަށްދާނީ މޭ، 25، 2020ގެ މެންދަމު 12:00އާ ހަމައަށެވެ. ތަފާތު، ސަޅި ގޮތަކަށް ކުދިން ލައްވާ އީދު މުބާރިކް ކިޔުއްވަން އަވަހަށް މަސައްކަތް ފަށާށެވެ.

މި މަސައްކަތުގައި "ސަން"އާ އެކީގައި ބައިވެރިވާ މަޝްހޫރު ވިޔަފާރި ލޮޓަސްއަކީ ކުޑަކުދިންނަށާއި އަދި އެކިއުމުރުފުރާތަކުގެ މީހުންނަށް ބޭނުންވާނެ ހާއްސަ ޕްރޮޑަކްޓްތަކެއް ރާއްޖޭގެ މާކެޓްގައި ހޯލްސޭލްކޮށް އަދި ރީޓެއިލްކުރާ ކާމިޔާބު ވިޔަފާރިއެކެވެ. ދިވެހިންނަށް ކުރިމަތިވާ ހިތާމަވެރި އަދި އުފާވެރި ކޮންމެ ދަނޑިވަޅެއްގައިވެސް އަހަރެމެންނާއި ނުހަނު ގާތުގައިވާ ލޮޓަސް އިންވަނީ، ކޮވިޑް-19 ގެ މިހާލަތުގައިވެސް ބޮޑެތި އެހީތަކެއް އެކިގޮތްގޮތުން ވެދީފަ އެވެ.

އީދު ސަލާން ގަލާން މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ކުރައްވާ ޕޯސްޓްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 20 ކުއްޖަކަށް ލޮޓަސްގެ ފަރާތުން ވަރަށް ހާއްސަ ގިފްޓް ހެމްޕާއެއް ލިބޭނެ އެވެ.

އެހެންވެ، ލަސްކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. އަވަހަށް ދަރިންނާއި، ކޮއްކޮމެން އެއްކޮށް އީދު ސަލާންގަލާން ކިޔާލަން ތައްޔާރުވާށެވެ. ހުރިހާއެންމެންނަށްވެސް އަހަރެމެންގެ ފަރާތުން އެޑްވާންސްކޮށް އީދު މުބާރިކެވެ!

comment ކޮމެންޓް