Ooredoo
Ooredoo

ޢީދު ދުވަހު މާލޭގައި ބޮޑު ހަވީރެއް ބާއްވަނީ

"ޢީދުހަވީރު 1446" ގެ ނަމުގައި ބޮޑު ހަރަކާތެއް ޢީދުދުވަހު ބާއްވަނީ: ޖޫން 25، 2017: ފިތުރު އީދުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ސަގާފީ ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ޢީދު ދުވަހު، މާލޭގައި 'ޢީދު ހަވީރު 1446'ގެ ނަމުގައި ބޮޑު ހަވީރެއް ބާއްވަން ސިފައިން މިއަދު ނިންމައިފިއެވެ.

Ooredoo

މި ހަރަކާތް އޮންނާނީ ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އާއި ހަމައަށް މާލޭގައެވެ.

އެ ގޮތުން، މާލޭ ސަލްޓަންޕާކުން ފެށިގެން، އިސްލާމީ މަރުކަޒު މައިދާނާއި، ޖުމްހޫރީ މައިދާން އަދި ރަސްމީ ބޮޑުފާލަން ސަރަހައްދު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ބޮޑު ސަރަހައްދެއްގައި ހަރަކާތް ކުރިއަށްދާނެއެވެ.

ސިފައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ހަރަކާތް އިންތިޒާމުކުރަނީ ސިފައިންނާއި ފުލުހުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ކަމަށެވެ. އެހެންވެ، އެ ހަރަކާތުގައި ބައިވެރިވާން ހުރިހާ އާއިލާތަކަށް ވަނީ ދައުވަތު ދީފައެވެ.

އެ ހަވީރުގައި ބައިވެރިވާން އެ ސަރަހައްދަށް އަންނަ ހުރިހާ އާއިލާތަކަށް ތިބެވޭނެ އިންތިޒާމާއި ޢީދުގެ އުފަލުގައި ބާއްވާ އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގައި ބައިވެރިވުމުގެ އިންތިޒާމުގެ އިތުރުން މުނިފޫހިފިލުވުމާއި ޢީދު ހަދިޔާ ދިނުން ވެސް އޮންނާނެ ކަމަށް ސިފައިން ބުންޏެވެ.

މި ހަވީރުގެ މަގުސަދަކީ ޢީދުގެ އުފަލުގައި ޢާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ ޢީދު ސަލާންކޮށް، ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުން ކަމަށް ސިފައިން ބުންޏެވެ. އަދި، ވަކިން ޚާއްސަކޮށް ކުޑަކުދީންނަށް ޢީދުގެ އުފާވެރިކަން އިހުސާސްކޮށްދިނުން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އަދި، ކޮންމެ ޢީދެއްގައި ދިވެހީންގެ މެދުގައި އޮތް، އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާންގަލާންކޮށް، މުނިފޫހިފިލުވައި، ހަދިޔާ ބަދަލުކުރުން ފަދަ ރީތި އާދަތަކަށް ދިރުން ގެނައުމަކީ ވެސް އެ ހަރަކާތުގެ ބޭނުމެއް ކަމަށް ސިފައިން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މި އަހަރުގެ ކުޑަ ޢީދު ދުވަހަށް ވާނެ ކަމަށް ބެލެވެނީ މި މަހު 30 ވަނަ ދުވަސް ކަމަށް އިތުބާރު ހިފޭ ފަލަކީ އިލްމުވެރިޔާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ. އެކަމަކު، ކަލަންޑަރުގައި ވާގޮތުން ޢީދު ދުވަހަކީ މި މަހުގެ 31 ވާ ހޯމަ ދުވަހެވެ.

Redstar
comment ކޮމެންޓް