ހއ އިން ޅ އަށް ޔެލޯ އެލާޓް

މޫސުން ގޯސްދުވަހެއްގައި މާލޭ މަގުމަތީ ފެން ބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުން ގޯސްވާނެތީ ހއ ިން ފެށިގެން ޅ އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މި އަތޮޅުުތަކުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓުން ލަފާކޮށްފައިވާގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެއެވެ. އުތުރާއި މެދުތެރޭގެ ރަށްރަށަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެއެވެ. ވިލާގަނޑުގައި 55 މޭލައި ވައިގަދަވާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކުރެއެވެ

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުންޏެވެ.

އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް