ރޯދަމަހުގެ ފަހުދިހައިގެ ރޭތަށް މިއީ ސަވާބާއި ދަރުމައިން ފުރިގެންވާ ދުވަސްތަކެވެ. މިި ދުވަސްތަކަކީ އަޅުގަނޑުމެން ގަދައަޅައި ލައިލަތުލް ގަދުރީގެ ސަވާބު ލިބިގަތުމަށް މަސައްކަތް ކުރަންވީ ވަގުތެވެ. އެހެންނަމަވެސް މިފަދަ މަތް ރެއެއްގެ ފުރިހަމަ ދަރުމައާއި ޘަވާބު ހޯދަން އަމަލުކުރަންވީ ކިހިނެއްހެއްޔެވެ. ނަމާދު ނުކުރެވޭ ހައިޟުވެރިޔާއަށްވެސް އެރޭގެ މަތިވެރި ޘަވާބު ހޯދުމަށް ކުރެވިދާނެ ވަކި ކަމެއް އެބައޮތްހެއްޔެވެ؟
އުސްތާޒާ ސާމިޔާ ޒަކަރިއްޔާ އާއި އެކު މި ގެނެސްދޭ ރޯސަ ސުންބުލީގެ މިއަދުގެ މައުޟޫއަކީ މިއީއެވެ.
ސ:ލައިލަތުލް ގަދްރިވިލޭރޭގެ ދަރުމަ ހޯދުމަށް މަސައްކަތްކުރާނީ ކިހިނެއް؟
ޖ: ލައިލަތުލްޤަދްރި ވިލޭރޭ މިއަންނަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ވިލޭރެއެއްގައެވެ. އެއީ ކޮން ރެއެއް ކަމެއް ކަނޑައެޅިގެން ބުނަން ނޭގުނު ނަމަވެސް ޡާބިތުވެގެންވަނީ އެއީ އޮނަހިރި ރެއެއްކަމުގައެވެ. އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ ރަމަޟާން މަހުގެ ފަހު ދިހަ އެއްކޮށް އަޅުގަނޑުމެން އެ ރޭގެ މާތްކަން ހޯދުމަށް މަސައްކަތް ކުރުމެވެ.
އެ ރެއަކީ 1000 މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެކެވެ. އަޅުގަނޑުމެންނަށް ވަނީ ގިނަގިނައިން ޛިކުރު ކުރުމާއި ދުޢާ ކުރުމާއި އަދި ޙައިޟުވެރިޔާއަށް ވެސް އެރޭގެ މާތް ކަން ހޯދުމަށް މަސައްކަތް ކުރެވޭނެއެވެ. އެގޮތުން މާތް ނަބިއްޔާ ވަނީ ޢާއިޝާ ގެ ފާނަށް ލައިލަތުލްޤަދްރި ވިލޭރޭ ކިޔުމަށް ދުޢާއެއް ދަސްކޮށްދެއްވާފައެވެ. މި ދުޢާ ވެސް ގިނަގިނައިން ކިޔިދާނެއެވެ. އަދި އޭގެ އިތުރުންވެސް ގިނަގިނައިން ޤުރުއާނު ކިޔަވައި ޛިކުރުކޮށް ދުޢާ ކުރުމުން އެރޭގެ ޘަވާބާއި ދަރުމަ އަޅުގަނޑުމެނަށް ލިބިގެންދާނެއެވެ.